ހުޅުމީދޫ ކުނިކޮށީގައިހުރި ކުނިތައް  ނައްތާލުމަށް އަލިފާން ޖެހުމުގެ  ސަބަބުން ރަށުތެރެއަށް  ދުމުގެ އަސަރުކޮށް ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ.

މިދުވަސްވަރީ އިރުމަތީފަރާތުން ބާރަށް ވައިޖެހުމުންދާ ދުވަސް ވަރެއްކަމާއެކު ދުންތައް ރަށުގެ ތެރެއަށް ފެތުރި މުޅި ރަށުތެރެ “ދަރު ބަނދިގެ” އަކަށް ވަނީ ވެފައެވެ.  އެހެންކަމުން ގިނަބަޔަކަށް  އުނދަގޫތަކާވަނީ ކުރިމަތިވެ އެވެ.

ކުނިކޮށިން އަރަމުންދާ ދުން މީދޫގެ ބޮޑު ސަރަހައްދަކަށް ފެތުރި ފައިވާއިރު ރަށުގެ އެންމެ އިރުދެކުނު ކޮޅުގައި ހުންނަ މިކުނިކޮށިން އަރަމުންދާ ބޯދުމުގެ ސަބަބުން ސިއްހީ ބޮޑު ނުރައްކަލެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.  

އެހެންކަމުން މިކަމަށްއަވަސް ހައްލެ ބޭނުންވެފައިވާއިރު ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.

ހުޅުމީދޫ ކުނިކޮށި ބަލަހައްޓަމުން އަންނަނީ ވެމްކޯ އިން އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: މީދޫއާއި ހުޅުދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަނީ

މީދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިގުޅިގެން ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަން ފަށައިފިއެވެ. މީދޫ އިން ...

ފޭދޫ ޞިއްޙީމަރުކަޒުގެ އާރު.އާރު.ޓީގެ މަސައްކަތް ހުއްޓުމަކަށް

ނޯޓް: ތިރީގައި މިވަނީ “ހުވަދޫ ނިއުސް.ޑޮޓްކޮމް” ގައި ހުވަދޫ ނިއުސްޓީމުން ލިޔެފައިވާ ލިއުމެއް ފޭދޫ ޞިއްޙީމަރުކަޒުގެ ރެޕިޑް ރެސްޕޮންޑިންގ ...

ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ...