އައްޑޫ މޮނިޓަރިންއިން ނަގައި ދިނުމަށް އެޗުޕީއޭއަށް ދަންނަވައިފި

މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. އެހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މޮނިޓަރިން އުވައިދިނުމަށް އެދި އެޗުޕީއޭއަށް ދެންނެވީ އައްޑޫގެ ކޮވިޑްގެ ހާލަތަށް ބެއްލެވުމަށްފަހު ރަނގަޅުވަމުން އަންނަކަން ކޮވިޑް ޓާސްކް ފޯހަށް ވެސް ފެންނާތީ ކަމަށެވެ.

އައްޑޫގައި އަޅައިފައިވާ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅަކަށް އެއްވެސް ބަދަލެއް އަދި ގެނެސްފައި ނުވާކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ. ކޮވިޑް ހާލަތުން އަރައިގަތުމަށް އައްޑޫ ސިޓީންގައި ވަނީ އެއްގެއިން އަނެއްގެއަށް ދިއުން މަނާ ކޮށްފައެވެ. އޭގެ އިތުރުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ގެއިންބޭރަށް ނުކުތުން ވެސް ވަނީ މަނާ ކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހް ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅައި ރޯނެ – ރޮޒެއިނާ

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅައި ރޯނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ...

ވޭރިއެންޓް ދެނެގަތުމަށް ސާމްޕަލް ފޮނުވީ ވައިގެ މަގުން: މަބްރޫކް

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮވިޑް19 ގެ ކޮން ވޭރިއެންޓެއްތޯ ޓެސްޓު ކުރުމަށް ސާމްޕަލްތައް ފޮނުވީ ވައިގެމަގުން ކަމަށް ހެލްތު ...

ކޮންކްރީޓް އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއް – ނަޝީދު

މުޅި މާލެ ފުރާ ކޮންކްރީޓު އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ...