އައްޑޫސިޓީ : ގޭގެއަށްގޮސް ސާމްޕަލް ނެގުން ހުއްޓާލައިފި – އޭއީއެޗް

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން ހުއްޓާލާފައިވާމަށް އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

 އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

މިގޮތުން ސާމްޕަލް ނެންގެވުމަށް  ތިރީގައި މިދަންނަވާތަންތަނަށް  ވަޑައިގެންނެވުމުން  ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން  ސާމްޕަލް ޕޮއިންޓްތައް ޚާއްސަކުރެވިފައިވަނީ ރިލީސް ސާމްޕަލް ، ކޮންޓެކްޓް ސާމްޕަލް އަދި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމަށެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އެންމެ ފަހުން ( މިމަހުގެ 23 ވަނަ ދުވަހު ) ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު މާލެ ފިޔަވާ އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިވާ މީހުން ތިބީ  އައްޑޫގައެވެ. އައްޑޫގައި މިހާރުވެސް ފައްސިވެފައި ތިބި 776 މީހަކު އެބަތިއްބެވެ.

އައްޑޫސިޓީން ސާމްޕަލް ނެގުމަށް ހަމަޖެހިފަިވާތަންތަނާއި ގަޑިތައް

މީދޫއާއި ހުޅުދޫ – ފްލޫކްލިނިކް

ހެނދުނު 8:00 އިން 11:00 އަށް

ފޭދޫ – ފޭދޫ ސިއްހީމަރުކަޒު  ( ކުރީގެ އަވަށު އޮފީސް )

14:00 އިން 18:00 އަށް

ހިތަދޫ – ފްލޫކްލިނިކް

18:00 އިން 21:00 އަށް

މަރަދޫ- މަރަދޫފޭދޫ – ދަމަނަވެށި 14:00 އިން 18:00 އަށް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ ދަނޑުގައި

1444 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ހުޅުދޫ އަވަށު އޮފީހުން ...

”ނަޝީދު އަވަހާރަކޮށްލަން 03 މިލިއަން ޑޮލަރުގެ ޓާސްކެއް ހަވާލުކުރި“

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން 03 މިލިއަން ޑޮލަރުގެ ޓާސްކެއް ދިންކަމުގެ ...

މަރަދޫފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ސ. މަރަދޫފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް  އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ...