1444 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ހުޅުދޫ އަވަށު އޮފީހުން ހާމަކޮށްފިއެވެ.  

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ބޭއްވުމަށް ހުޅުދޫ އަވަށު އޮފީހުން ހަމަޖައްސަވާފައިވަނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގައެވެ.

ހުޅުދޫ އަވަށު އޮފީހުން މައުލޫމާތު ދީފައިވާގޮތުގައި  ބޮޑު ޖަމާއަތުގައި ނަމާދުކުރަން ފެށޭނީ ހެނދުނު 7.30 ގައި ކަމަށާއި ނަމާދަށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް މުސައްލާއެއް ހިފައިގެން ވަޑައިގެންނެވުމަށް އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން ބަލިމީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް  ހާއްސަކޮށްގެން ނަމާދު ކުރުމަށް ދަނޑުގައި  ގޮނޑި ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ހުޅުދޫ އަވަށު އޮފީހުން މައުލޫމާތު ދީފައިވެއެވެ.

އީދު ނަމާދަށް ފަހު ބޮޑު ޖަމާއަތުގައި ހެނދުގެ ސައި ފުޓްބޯޅަ ދަނޑުގައި އޮންނާނެކަމަށްވެސް ހުޅުދޫ އަވަށު އޮފީހުން ވަނީ ހާމަކޮށްފައެވެ.

އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ދަނޑުގެ ވަށައިގެންވާ މަގުތައް 7:00 އިން 8:45 އަށް ވެހިކަލް ތަކަށް ނުވަދެވޭގޮތައް ބަންދުކުރަން ކުރަން ހަމަޖެހިފައިވާގޮތް

ކައުންސިލުން ބުނީ މޫސުމް ގޯވެ، ސްޓޭޑިއަމްގައި އީދު ނަމާދު ނުކުރޭވޭ ހާލަތަށް ގޮސްފި ނަމަ ހުކުރުކުރާ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކުރުމަށް ރަށުން ބޭރުން އިމާމަކު ހޯދުގެ މަސައްކަތްވެސް ހުޅުދޫ އަވަށު އޮފީހުން މިހާރުދަނީ ކުރަމުންނެވެ.

ރަސޫލާ ﷺގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު ...

ސިޓީ ކައުންސިލްގެ ބާރުތައް ފެށޭ ހަފްތާގެ ތެރޭގައި ދޭނަން – ރައީސް

ސިޓީ ކައުންސިލަތަކަށް ދޫކޮށްލެވެން ހުރި ހުރިހާ ބާރުތަކެއް މި ފެށޭ ހަފްތާތެެރޭ އެ ކައުންސިލަތަކަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ...

ނަރުދޫއިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. “ވަގުތު” ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނަރުދޫން ...