”ނަޝީދު އަވަހާރަކޮށްލަން 03 މިލިއަން ޑޮލަރުގެ ޓާސްކެއް ހަވާލުކުރި“

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން 03 މިލިއަން ޑޮލަރުގެ ޓާސްކެއް ދިންކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް، އެމްޑީޕީން އުފެއްދި މެއި 06 ކޮމިޓީން ރޭހާމަކޮށްފިއެވެ.

 “މޭ ހަޔެއް” ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ސާފުކުރުމަށް މެމްބަރު އިލްޔާސް ލަބީބާ ބައްދަލު ކުރެއްވި ކަމަށެވެ. ޢަފީފު ވިދާޅުވީ، މެއި 3 ވަނަ ދުވަހުގެރޭ އިލްޔާސް ލަބީބަށް މީހަކު ގުޅައި ވަރަށް މުހިއްމު ބޭނުމަކު ބައްދަލުކުރަން އެދުނު ކަމަށާއި، އެމީހާއާ ބައްދަލު ކުރުމުން، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު އެމީހާ އިލްޔާސަށް ދިން ކަމަށެވެ. އަދި އޭރު ކުރިއަށްދަނީ އެޑްވާންސް ޕޭމެންޓްގެ ކަންކަން ކަމަށް އެމީހާ އިލްޔާސަށް މައުލޫމާތު ދިން ކަމަށެވެ.

ހަމަ އެ ރޭގައި އިލްޔާސް، ރައީސް ނަޝީދާއި ބައްދަލުކޮށް އެ ވާހަކަތައް ހިއްސާކުރި ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިއާއަށް ގުޅުއްވަން ރައީސް ނަޝީދު ވިދާޅުވުމުން މާރިއާއަށް ގުޅުއްވި ނަމަވެސް އެ ކަމަނާ އެވަގުތު ފޯނު ނުނަންގަވާ ކަމަށެވެ. އެހެންނަމަވެސް ޖެހިގެންއައި ދުވަހުގެ ހެނދުނު މާރިއާ, އިލްޔާސަށް ގުޅުއްވި ކަމަށާއި, އެ ވަގުތު އެ ވާހަކަތައް މާރިއާއާއި އިލްޔާސް ހިއްސާކުރެއްވި ކަމަށެވެ.

ޑިފެންސް މިނިސްޓަރާ އެވާހަކަ ހިއްސާކުރެއްވުމުން ރައީސް ނަޝީދުގެ ސެކިއުރިޓީ ހުރީ އެންމެ މަތީ ލެވެލްގައި ކަމަށް މާރިޔާ ވިދާޅުވެފައިވާކަމަށް އިލްޔާސް މެއި 6 ގެކޮމިޓީއަށް މައުލޫމާތު ދެއްވިމަށް އަފީފު ވިދާޅުވިއެވެ

27 ޖޫންގައި ޑިފެންސް މިނިސްޓްރީއާ ބައްދަލުކުރި ކަމަށާއި، ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ސެކިއުރިޓީ ދޭން އޮންނަ އުސޫލުގެ ތެރެއިން ދެމުން އައި ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ޢަފީފު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެެވެ.

ފޮރެންސިކް ހެކިތައް އިތުރަށް ތަހުލީލު ކުރުމަށް މިހާރު އެމެރިކާ އަދި އޮސްޓްރޭލިއާގެ ޓީމަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ފުލުހުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުފައިވާކަމަށްވެސް މެއި ހަޔެއްގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރޭ ޢަފީފު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ދާއިރާގެ ގޮނޑި ޕީއެންސީއަށް ކާމިޔާބެއް ނުކުރެވުނު

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ގޮނޑި ޕީއެންސީއަށް ގެއްލިއްޖެ އެވެ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީދޫ ...

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ...

ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ އެނބޫދޫ ފިނޮޅުގައި

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ޚާއްޞަ ކުރައްވާފައިވާ ރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ...