ކޮވިޑް ބަލީގައި ފަރުވާދެމުންދިޔަ ޒުވާނަކު އައްޑޫސިޓީގައި ނިޔާވެއްޖެ

އައްޑޫސިޓީގައި ކޮވިޑް-19 ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ޒުވާނަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 20:00 ގައި ނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

އެމީހާ ނިޔާވެފައި ވަނީ އައްޑޫ ފޭދޫގެ ހެލްތު ސެންޓަރުގައި ފަރުވާދެމުންދަނިކޮށެވެ.

މިއީ ރާއްޖޭއިން ކޮވިޑް ބަލީގައި ނިޔާވި 265 ވަނަ މީހާއެވެ. އަދި އައްޑޫސިޓީން ކޮވިޑް ބަލީގައި ނިޔާވި 14 މީހާއެވެ.

 ކޮވިޑްބަލީގައި އައްޑޫއިން މީހަކު ނިޔާވިއިރު މި ބަލީގެ ހާލަތު މުޅި ރާއްޖެގައިވެސް މިހާރުދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އަދި އަތޮޅުތެރެއިން މިބަލީގެ ހާލަތު އެންމެ ގޯސްކޮށް އޮތީވެސް އައްޑޫސިޓީގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލާމު އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދޭނަން – ރައީސް

ލާމުގައި ހިންގާ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ...

އައްޑޫއަށް ކޮވިޑުގެ ބިރު ބޮޑު، ކޮންޓެކްޓު ޓްރޭސިންއަށް އެއްބާރުލުމެެއް ނުލިބޭ!

ހިތަދޫގައި ހޯމް ކަރަންޓީނުހުރި މީހަކު އުސޫލާއި ހިލާފަށް ބޭރަށް ނިކުމެ އުޅެފައިވަނިކޮށް އެމީހާ  ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެކަމަށާ އެހެންނަމަވެސް ...

ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލް ކަޓުވާލުމަށްފަހު އަތޮޅުމަދަރުސާ އަދި ހިތަދޫ ސްކޫލް ފައިނަލަށް

އައްޑޫސިޓީ  16 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ...