އައްޑޫއަށް ކޮވިޑުގެ ބިރު ބޮޑު، ކޮންޓެކްޓު ޓްރޭސިންއަށް އެއްބާރުލުމެެއް ނުލިބޭ!

ހިތަދޫގައި ހޯމް ކަރަންޓީނުހުރި މީހަކު އުސޫލާއި ހިލާފަށް ބޭރަށް ނިކުމެ އުޅެފައިވަނިކޮށް އެމީހާ  ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެކަމަށާ އެހެންނަމަވެސް އޭނާގެ ފަރާތުން ކޮންޓެކްޓު ޓްރޭސިންއަށް ފުރިހަމަ އެއްބާރުލުމެއް ނުލިބޭކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހަވާލާދީ އައްޑޫ ލައިވްއިން ހާމަކޮށްފިއެވެ.

advertisement

އައްޑޫލައިވުން ގެނެސްދީފައިވާ މިޚަބަރުގައި ހާމަކޮށްފައިވާގޮތުން ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ ނުލިބެނީސް ހިތަދޫގައި ކަރަންޓީނުގައި ހުރިމީހަކު ރަށުތެރެއަށް ނިކުމެ ފުޓްބޯޅަ ޕްރެކްޓިސް މެޗުތަކެއް ވަނީ ކުޅެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ޕްރެކްޓިސް މެޗެއް ކުޅެން ހުއްޓާކަމަށްވެސް އައްޑޫލައިވުން ގެނެސްދީފައިވާ ޚަބަރުގައި ހާމަކޮށްފައިވާއިރު  އެހިސާބުން އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ނާންގައި އޮޅުވާލާފައިކަމަށްވެސް އައްޑޫ ލައިވްގެ ޚަބަރުގައި ބުނެފައިވެއެވެ.

އޭއީއެޗްއިން ހަވާލާދީ އައްޑޫލައިވު ގައި ހާމަކޮށްފައިވާގޮތުން  މިހާތަނަށް އެމީހާ އާއި ކޮންޓެކްޓުވީ ކަމަށް ދެމީހަކު ހޮސްޕިޓަލަށް ގޮސް މައުލޫމާތު ދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) މިކަމާ ބެހޭގޮތުން އައްޑޫ ލައިވްއަށް މައުލޫމާތު ދެއްވަމުން  ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި ކުޅުންތެރިޔާ ކުޅޭ ޓީމުގެ ކޯޗަކީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ކަމަށެވެ. އަދި 3 ދުވަސްވެގެން ދިޔަ އިރު އެކަން ކަމާއި ބެހޭ ފަރާތްތަކަށް ނާންގައި ސިއްރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މިހާރު ކަންތަށް ގޮސްފައިވާ ގޮތުން ކޮވިޑުގެ ބިރު އަނެއްކާވެސް އައްޑޫއަށް އެބައޮތް ކަމަށެވެ. އަދި ބަލި އޮތީ ކިހާ ވަރަކަށްކަން ބުނަން ނޭގޭ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކޮވިޑަށް ޕޮޒިޓިވްވިކުޅުންތެރިޔާ ކުޅުނު ޓީމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ހިމެނެއެވެ. އެ މުވައްޒަފުން ވެސް ވަނީ ކަމާއި ބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ނުކޮށް ވަޒީފާތަކަށް ނިކުމެފައެވެ.

” މިއީ ސީރިއަސް މައްސަލައެއް، މި މައުލޫމާތު ހިއްސާ ނުކޮށް ތިބުމަކީ،ކޮވިޑުގެ ނުރައްކާ އައްޑުއަތޮޅަށް އަނެއްކާވެސް ފެތުރިގެން ދިއުމަށް މެދުވެރިވާފަދަ އަމަލެ ” ސޯބެ ވިދާޅުވިއެވެ.

މިހާރު މުޅި ރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދަނީ އިތުރުވަމުންނެވެ.

މަސްދަރު: އައްޑޫލައިވް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދުގެ މައްސަލަ ހުއްޓުވީ ޤާނޫނާ ހިލާފަށް، އީވާ ނެތަސް މައްސަލަ ކުރިއަށްގެންދެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވީ ޤާނޫނާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ...

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫ ގައި ސައިކަލް ބުރެއް ބާއްވައިފި

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ...

ރޯދައިގެ ކުރިން ވިންޓަރ ޕާކު ހުޅުވަނީ

ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ ވިންޓާރ ޕާކު މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިން މިނިސްޓަރު ...