އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއި ތުރުކީގެ ކުންފުނިތަކަކާއި ހަވާލުކޮށްފި އެވެ.
ހައުސިންގެ ޔުނިޓްތަށް އެޅުމަށް ބޭނުންވާ ފްރޭމްވޯކް ހެދުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު އެވެ. އަދި އައްޑޫގައި ރެސިޑެންޝަލް ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި އެވެ. މި ދެފަރާތާއިއެކުވެސް ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ
ބުރާސްފަތި ދުވަހު ސޮއިކުރެވުނު އެއްބަސްވުންތަކާއި ގުޅޭގޮތުން މޭޔަރު ނިޒާރް ވިދާޅުވީ އެއްބަސްވުމާއި އެކު ތުރުކީ ކުންފުނި ކަމުގައިވާ ވިޒްޔޮން ވިލާ ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ އައްޑޫގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ އެކަމަކު ތަފާތު ސަބަބުތައް މެދުވެރިވެގެން އަދި ދިރިނޫޅޭ ގޯތިތަކުގައި އިމާރާތްތަކެއް އެޅުން ކަމަށެވެ. އަދި މި ހައުސިންގ ޔުނިޓް ތަކުގެ މޮޑެލް ހަފްތާއެއް ދެހަފްތާއެއް ތެރޭގައި ލިބޭނެ ކަމަށާއި ލިބުނުހާ އަވަހަކަށް ރައްޔިތުންނާއި ހަމައަށް އެމައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެކަންވެސް ނިޒާރު ފާހަގަކުރެއްވިއެވެ.

advertisement
އެގޮތުން އެގޮތަށް ހުރި ގޯތިތަކުގެ ވެރިންނާ ވިޒްޔޮން ވިލާ ކުންފުންޏާ އެކު ވެވޭ އެއްބަސްވުންތަކަށް ފަހު ގިނަ ވެގެން ތިން މަސް ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށްވެސް ނިޒާރް ވިދާޅުވި އެވެ.
މީގެ އިތުރުން ޗައިނާގެ ބީޔޫސީއެންޖީ އާއިއެކު އެއްބަސްވުމެއް ހެދީ ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހޯދަން ކަމަށްވާތީ ފްލެޓް އަޅާނެ އަދަދެއް އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ. ސޯޝަލް ހައުސިންގެ މަސައްކަތް އައްޑޫގައި ކުރިއަށް ގެންދާނީ ބީޔޫސީއެންޖީގެ ފަރާތުން ކަމަށާއި އެ ކުންފުނީގެ މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދި މިވަގުތު ދަންނަވަން ދަތި ކަމަށްވެސް ވިދާޅުވި އެވެ.
ނިޒާރް ވަނީ މި މަޝްރޫއުގައި ވަކި ރަށެއް ތަފާތުކުރުމެއް ނެތި ހުރިހާ ރަށެއްގައި ވެސް މި މަޝްރޫއުގެ ތެރެއިން ހައުސިންގ ޔުނިޓް އަޅާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ނިޒާރު ވަނީ އައްޑޫގައި 2000 ފްލެޓް އެޅިއްޖެނަމަ ހައުސިން މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓްސް (0)