އައްޑޫ މޮނިޓަރިންއިން ނަގައި ދިނުމަށް އެޗުޕީއޭއަށް ދަންނަވައިފި

މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. އެހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މޮނިޓަރިން އުވައިދިނުމަށް އެދި އެޗުޕީއޭއަށް ދެންނެވީ އައްޑޫގެ ކޮވިޑްގެ ހާލަތަށް ބެއްލެވުމަށްފަހު ރަނގަޅުވަމުން އަންނަކަން ކޮވިޑް ޓާސްކް ފޯހަށް ވެސް ފެންނާތީ ކަމަށެވެ.

އައްޑޫގައި އަޅައިފައިވާ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅަކަށް އެއްވެސް ބަދަލެއް އަދި ގެނެސްފައި ނުވާކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ. ކޮވިޑް ހާލަތުން އަރައިގަތުމަށް އައްޑޫ ސިޓީންގައި ވަނީ އެއްގެއިން އަނެއްގެއަށް ދިއުން މަނާ ކޮށްފައެވެ. އޭގެ އިތުރުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ގެއިންބޭރަށް ނުކުތުން ވެސް ވަނީ މަނާ ކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- ސެމީފައިނަލްގެ މެޗްތައް މިއަދާއިމިރޭ

އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒްއިން   އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ ވޮލީ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ...

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ދަނީ ހޯދަމުން- މަބުރޫކު

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ...

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މިމީހާ ނިޔާވެފައިވަނީ ރޭ ...