ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- ސެމީފައިނަލްގެ މެޗްތައް މިއަދާއިމިރޭ

އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒްއިން   އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ ވޮލީ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދާއި މިރޭ ކުޅެވޭނެއެވެ.

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެެ  ނަމުގައި މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު  4:00  ގައި ބައްދަލު ކުރާނީ މިމުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ  ފުވައްމުލަށް ސިޓީ ޕޮލިސް އާއި އައްޑޫސިޓީ ޕޮލިސްއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ 20:00 ގައި ބައްދަލު ކުރާނީ ގދ. ޕޮލިސްއާއި ގއ. ޕޮލިސްއެވެ.

އައްޑޫސިޓީ ޕޮލިސްޓީމު – މިޓީމު މިއަދު ހަވީރު ސެމީގައި ބައްދަލުކުރާނީ ފުވައްމުލަށް ޕޮލިސްޓީމާ

ފުވައްމުލަށް ސެމީ ފައިނަލަށް ދަތުރު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ހޯދައިގެންނެވެ. އައްޑޫޕޮލިސް ކުޅުނު ތިންމެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ގއ. ޕޮލިސްޓީމު މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ޕޮއިންޓް ސިސްޓމަށް ކުޅެވުނު މެޗްތަކުން  ތިންވަނަ  ޓީމުގެ ގޮތުގައެވެ.  މިޓީމު ކުޅުނު 3 މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު އެއް މެޗުން ވަނީ މޮޅުވެފައެވެ.

ގދ. ޕޮލިސް މުބާރާތުގެ ސެމީ އަށް ދިޔައީ ޕޮއިންޓްސިސްޓަމަށް ކުޅުނު މެޗްތަކުން 4 ވަނަ ލިބިގެންނެވެ.  އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންހެނުންގެ ޝަރަފާއި، ބާރުވެރިކަން މިދައުރުގައި ވަނީ ކަށަވަރު ކޮށްދެއްވާފައި: ރޮޒޭނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރަކީ ދިވެހި އަންހެން ކަނބަލުންނަށް އެކަނބަލުންގެ ހައްގު ޝަރަފާއި، ބާރުވެރިކަން ކަށަވަރުވެގެން ...

އިންޑިއާގެ ކެރެލާއިން ޓީޗަރުން ގެންނަން ޖެހުނީ ދިވެހިން ނުލިބުމުން: އެޑިއުކޭޝަން މިނިސްޓްރީ

އިންޑިއާގެ ކެރެލާއިން ޓީޗަރުން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް އެކަމަށް އިޖާބަނުލިބުމުން ކަމަށް އެޑިއުކޭޝަން ...

އެކުވެރި ގައުމުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފަތުރާ- ސަރުކާރު

ސިޔާސީ ލީޑަރުން ޒިންމާދާރުވެ އެކުވެރި ގައުމުތަކާއި މެދު އޮންނަ ގުޅުން ހީނަރުވާ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ސަރުކާރުން ...