ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ.

މި ޕްރޮގްރާމް ސީއެންއެން ފީޑްތަކުގައި ދައްކާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އަދި ސީއެންއެން އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ.

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ.

މި ޕްރޮގްރާމް ސީއެންއެން ފީޑްތަކުގައި ދައްކާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އަދި ސީއެންއެން އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ.

މި ޕްރޮގްރާމްގައި ބެލުންތެރިންނަށް ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމާއި، ކާނާ އަދި ސަޤާފީ ކަންކަން ވަނީ ދައްކާފައެވެ. މީގެއިތުރުން ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް، ބ އަތޮޅުގައި ހަރަކާތްތެރިވާ މަންޓާ ޓުރަސްޓް، ރީފްސްކޭޕާޒް، ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް އިންސްޓްރަކްޓަރ، ޝެފަކާއި، ހުސް އަންހެން ކަނބަލުން ހިމެނޭ ފަތްމިނި ބޮޑުބެރު ގްރޫޕްވެސް ވަނީ މި ޕްރޮގްރާމްގައި ދައްކާފައެވެ. ރީކަނެކްޓް ވިތް މޯލްޑިވްސް ވަނީ ސީއެންއެންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ޝެއަރކޮށްފައެވެ.

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ދައްކާފައި މިވަނީ އެމްއެމްޕީއާރުސީ އަދި ސީއެންއެންއިން، ސެޕްޓެންބަރު 2021 އިން ޑިސެންބަރު 2021 ގެ ނިއަލަށް ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ. މި ކެމްޕެއިންގެ މަޤްސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި، މިފަދަ ހާލަތާއި ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމެވެ.

މިގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި ރައްޖޭގެ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައްވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕްރޮމޯޓުކުރެވޭނެއެވެ. މި ކެމްޕެއިންގެ ތެރެއިން ސީއެންއެންގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ދަނީ އިޝްތިހާރު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، ބޭރުގެ އެކި ފަރާތްތަކާއެކު ޕާޓްނަރޝިޕް އަދި މާކެޓިން ކެމްޕެއިންތައް ހިންގުމަށް ޤާއިމްކޮށްފައިވާ ސްޓްރެޓަޖީއެކެވެ. މި ސްޓްރެޓަޖީގެ ދަށުން ކޮންމެ އަހަރަކު ވެބިނާތަކާއި، މާކެޓިން ހަރަކާތްތައް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި އެހެނިހެން ހަރަކާތްތައް ހިންގާ، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ. އަތޮޅުތަކުގެ ...

ޖުލައި 9 ގެ ފަހުން ދުވާފަރަށް ދަތުރުކުރި ނުވަތަ ދުވާފަރުން މީދޫއަށް ދަތުރުކުރި މީހުން އެނގުމަށް އެދިއްޖެ

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖުލައި 9 ...

އެމެރިކާގެ ކުންފުންޏަކުން އެމްއެޗް370 ހޯދުމުގެ މަސައްކަތް ފަށައިފި

2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް ތްރީ ...