ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މިމީހާ ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އޭނާގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ބާއްވާފައެވެ.

މިމަރާއިއެކު ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 230 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 213 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މިއަހަރުގެ މެއި މަހުއެވެ. މެއި މަހު 80 އަށްވުރެ ގިނަ މީހުން ކޯވިޑް ޖެހިގެން ނިޔާވިއެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާރު ރާއްޖެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 83،000އިން މައްޗަށް އަރާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުން ރެންޑަމް ކޮވިޑް 19 ގެ ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ. ރޭ ...

މީދޫޓީމަކާއި ފޭދޫ ޓީމަކާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި

މީދޫ އަންހެން ވޮލީ ޓީމަކާއި ފޭދޫ އަންހެން ވޮލީ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ. ހޮނިހިރު ...

އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވެ އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ

ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ އުމަރު ...