އާޔަތްތައް ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ބާތިލްކުރިން

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ބުނެފިއެވެ.

ސްކޫލްތަކުގައި ކިޔައިދޭ ގުރުއާން/ އިސްލާމް ފޮތްތަކުގައި ހުރި ގުރުއާނުގެ ބައެއް އާޔަތްތަކުގައި ކުށް ހުރި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން އިތުރު ކުށް ހުރިތޯ ބެލުމާއި، ކުށް އިސްލާހު ކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށިއެވެ.

އެއަށްފަހު ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަ ކުރެވުނު މައްސަލަތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ގްރޭޑް 12-1ގެ އިސްލާމް، ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށް އާޔަތުގެ ނަންބަރު ލިޔުމަށްފަހު ޚަތިމަށް ރެފަރެންސް ދޭން މިނިސްޓްރީ ވަނީ އެދިފައެވެ.

އަންނަ އަހަރާއި 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފޮތްތައް ޗާޕު ކުރާއިރު މިގޮތަށް ބަދަލު ކުރަން އެންގި ސިޓީ ފޮނުވާފައިވާ ތާރީހެއްކަމަށް ސިޓީގައި ލިޔެފައި ވަނީ މިދިޔަ މަހު 25 އެވެ. އެ ސިޓީގައިވާ ކަންކަން އިތުރަށް ބެލުމަށް ކަމަށް ބުނެ، އެ ސިޓީ ބާތިލު ކުރަން އެދި މިނިސްޓްރީން ދެވަނަ ސިޓީއެއް ފޮނުވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްްތައް ކަނޑާލަން އުޝާމްގެ އިސްލާހެއްް މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އިސްލާހު ...

ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދުއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން ...

ޗޭނު ޖަމްއިއްޔާގެ ބަދަހިކަޕް: ގުރުއަތުލުން ނަގައިފި

މީދޫ ޗޭނު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ. 5 ޓީމަކުން ބައިވެރިވެފައިވާ ...