ފިލިޕީންސް ނަރުސްގެ މަރާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް އަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރާއި ގުޅިގެން ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މޭރީގޭ ފިރިމީހާ މާވިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ނަރުހެކެވެ. މީގެ ކުރިން ދިވެހި ނަރުހުގެ ފޯނު ފުލުހުންގެ ތަހުގީގަށް ވަނީ އަތުލައިފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނަރުުހުފެ މަރުގެ މައްސަލައާ ގުޅިގެން 24 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މޭރީ ދަންޖެހުނީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް މަރުގެ ތުހުމަތު ކުރެވި އޭނާ މިހާރު ހުރީ ހައްޔަރު ކޮށްފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެވަނަ ބުރުގައި ކުރިއަށްދާނީ ރައީސް ޔާމީންގެ މަޝްވަރާގެ މަތީން -މުއިއްޒު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ މަޝްވަރާގެ މަތީން ކަމަށް ޕީޕީއެމްގެ/ޕީއެންސީގެ ...

މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފި

މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. މަތި ކިޅި  ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލްކުރުމުގެ ...

ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ...