ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްްތައް ކަނޑާލަން އުޝާމްގެ އިސްލާހެއްް މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް މިދިޔަ މަހު އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައި ވާއިރު އެ ހުށަހެޅުމުގައި ބުނެފައި ވަނީ މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއްކަން އެމްއެންޕީން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ހިދުމަތާއި ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް ހުށަހަޅާ ކަމަށެވެ.

އުޝާމް ވިދާޅުވީ އެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށް ހުށަހަޅާ ކަމަށާއި އެ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ދޭން ލާޒިމްކުރާ އިނާޔަތްތައް ކަމަށެވެ.

އެ މާއްދާ މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 30 ޕަސެންޓް ލިބޭއިރު ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 45 ޕަސެންޓް ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނާއި އެ މީހުންގެ އާއިލާއަށް ހެލްތު އިންސުއަރެންސް ސްކީމެއް ކުރީގެ މެންބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިރެއިން ފެށިގެން ތިނަދޫގައި ކާފިއު ހިންގަނީ!

މުޖުތަމައުތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ މިވަގުތު މޮނީޓަރިންގ އަށް ލެވިފައިވާ ގދ. ތިނަދޫގައި މިރެއިން ފެށިގެން ކާފިއު ...

އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތް މީދޫގައިވެސް ކުރިއަށް ގެންގޮސްފި

މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން މުޅި ރާއްޖޭގައި އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތް މީދޫގައިވެސް ...

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން: ރައީސް ނަޝީދު

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ...