މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވެލާނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ އާއި އެމްއެމްޕީއާރުސީ އާއި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއު އެވެ. މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް އައީ އޭނާގެ އަންހެނުންނާ އެކު ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

މި ދެމަފިރިންނަށް ޕެރަޑައިޒް އައިލެންޑުގެ ފަރާތުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ދަތުރެއް ހަދިޔާ ކޮށްފައެވެ.

ވިންސެންޓް ބުނީ ރާއްޖެއަކީ އެ ދެމަފިރިންނަށް އެންމެ ކަމުދާ މަންޒިލް ކަމަށެވެ. ރާއްޖޭގެ ސަގާފަތާއި ދިވެހިންގެ ހިތްހެޔޮ ކަމުގެ ސަބަބުން ރާއްޖެއަށް ތަކުރާރުކޮށް އަންނަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޅުގަޑުވެފައިވާ ވައުދެއް ، ބަލިވެއްޖެ ނަމަ އަޅުގަޑު ހުންނަވާނީ މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތުގައިކަމަށް – އިމާދު ސޯލިހު

އަޅުގަޑުމެންގެ މިގައުމަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ އަޅުގަޑު ގަބޫލްކުރާގޮތުގައި ރަށްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށް އައްޑޫމީދޫ ދާއިރާގެ ...

ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނަން- މިނިސްޓަރ

އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުންދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ...

ފިޝަރީޒް މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައީސް ނަޝީދު ކުރައްވައިފި

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ...