ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނަން- މިނިސްޓަރ

އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުންދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ހެލްތް މިނިސްޓްރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދީ ހޮސްޕިޓަލުހެ ހާލަތު ބައްލަވާލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ މެނޭޖްމަންޓާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން، މިނިސްޓަރ ވަނީ އެ މަރުކަޒުގެ އިސްވެރިންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ، ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި، ރަށްރަށުން ލިބޭ ސިއްޙީ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރިޔަށް އޮތް ތިން މަސް ދުވަސް ތެރޭގައި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އެމަޖެންސީ ރޫމަކާއި ނަމާދު ކުރާނެ ތަނެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔާޤީންކަން މިނިސްޓަރ ވަނީ ދެއްވަވާފައެވެ.

މިނިސްޓަރ ވަނީ، ހުޅުމީދޫ ސިއްޙީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައި، މިހާރު ހުރި ދަތިތަކާއި، މިހާރުން މިހާރަށް ބޭނުންވާ ވަސީލަތްތައްކުގެ ލިސްޓެއް އެކުލަވާލައި ހެލްތް މިނިސްޓްރީއަށް ފޮނުވުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުގައިވެސް އެދިވަޑައިގެންފައެވެ. އަދި ހުޅުމީދޫގެ ސީ އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅަށް ދެވޭނެގޮތް ހައްދަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް، ގުޅިގެން ޚިދުމަތް ދެވޭނެ ގޮތްތަކަކާ ބެހޭގޮތުންވެސް މިނިސްޓަރ ވަނީ މަޝްވަރާ ކުރައްވާފައެެވެ.

އައްޑޫ ސިޓީއަށް ހެލްތް މިނިސްޓަރ ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގައި ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާ އެތަންތަނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާ އެކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރެވެންހުރި މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ

މަސްދަރު” ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީ ބަދަހިކަޕް – އެސްޓީއޯ 164 ހާޒިރު ނުވުމުން މެޗް ހުދުހުދަށް

ހުޅުމީދޫގައި ހިންގަމުންދާ މުވައްސަސާތަކަށް ހުޅުވާލައިގެން މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން އިސްނަގައިގެން ” އެމްއީސީ ބަދެހިކަޕް” ގެ ނަމުގައި ...

ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފި

މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ...

މިހާރު ބަލި އޮތް މިންވަރު ދެނެގަތުމަށް ކޮމިއުނިޓީ ސާވިލެންސް ދަނީ ހަދަމުންދާ- ހެތު މިނިސްޓަރ އަމީނު

މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭތީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ ...