އައްޑޫގެ ސިއްހީދާއިރާ ފުޑާލައިފިކަމަށާ ސަރުކާރާއި ރަށްޔިތުންނާއި ޖެއްސުމަށް ހިންގަމުންދާ ނޭގާއްނީ އަމަލުތައް ހުއްޓުވައި ހައްލުކޮށްދިނުމަށް ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްދު ނިހާދު ގޮވާލައްވައިފިއެވެ.
ނިހާދު މިގޮތައް ގޮވާލައްވާފައިވަނީ ނިހާދު މިއަދު ކުރައްވާފައިވާ ޓުވިޓެއްގައެވެ.
ނާއިބު ރައީސް ފައިސަލް ނަސީމުއާއި މުސްޠަފާ ލުޠުފީ އަދި އަލީ ޝިޔާމަށް ޓެގް ކުރައްވާ ނިހާދުގެ ކުރެއްވި ޓުވިޓްގައި އިތުރަށް ވިދާޅުވެފައިވަނީ އޭއެޗްއީ ( އައްޑޫ ހޮސްޕިޓަލް ) އަދި އެހެނިހެން ހެލްތު ސެންޓަރުތަކުގެ ގޯހުން ގޯހަށް ވައްޓާލާފައިވާކަމަށެވެ.
ނިހާދު މިޓްވީޓް ކުރައްވާފައި ވަނީ އައްޑޫ ސިޓީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަ އުމުރުން ދުވަސްވީ މީހަކު ބަނދެގެން ފަރުވާދޭން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
ކޮމެންޓްސް (0)