އީޔޫގެ ލަފަޔާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ޖެހޭ -ޝެއިޚް އިލްޔާސް

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެވޭގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ދިވެހި ދަރިން އަޑުއުފުލަންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވީ އޭނާ މިއަދު ކުރި ޓްވީޓެއްގައެވެ.

ޝެއިޚް ކުތި ޓްވީޓް ގައި ވިދާޅުވީ، އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ލިބޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭނެ ކަމަށް އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެކަމަށެވެ.

“އިލެކްޓޯރަލް ފޮލޯއަޕް މިޝަން” އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގަ އީޔޫއިން ބުނެފައި ވަނީ،ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކު ކުރުމަށްވެސް އީޔޫ އިން ދިވެހި ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އީޔޫއިން ޖުމްލަ 29 ކަމެއް ހުށަހަޅާފައި ވާއިރު، އޭގެތެރޭގައި 22 ކަމެއް ހުށަހަޅާފައިވަނީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަ އިސްލާހުގެ ގޮތުގައެވެ.

އަދި ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ އީޔޫގެ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، މިދިޔަ މަހުގެ ތެރޭގައި ފާސްކުރި ގަރާރުގައި ވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އަލުން އުޅޭތީ އެކަމާ އީޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : ހިންމަފުށި ރިހެބުން 3 މީހަކު ޕޮޒިޓީވްވެެ އެ ރަށް މޮނިޓަރިންގެ ހާލަތަށް

ކ.ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހިންމަފުށީ ކައުންސިލުން ވިދާޅުވީ ...

ރާއްޖޭގައި ވެރިކަން ކުރާނެއް މީހެއް ކަނޑައަޅާނީ އީޔޫ އަކުން ނޫން: މިނިސްޓަރ ނާޒިމް

ރާއްޖޭގެ ވެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކަށް ގޮސް ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި މި ގައުމުގެ ވެރިކަން ހޯދުމަށް ...

ކުމުންދޫ ކައުންސިލްގެ ރައީސްގެ މުސާރައިން 20 ޕަސެންޓް ކޮވިޑް ޓާސްކް ފޯސްއަށް

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އޭނާގެ މިމަހުގެ މުސާރައިން 20 ޕަސެންޓް އެރަށު ކޮވިޑް-19 ޓާސްކް ...