ފޭދޫ ޞިއްޙީމަރުކަޒުގެ އާރު.އާރު.ޓީގެ މަސައްކަތް ހުއްޓުމަކަށް

ނޯޓް: ތިރީގައި މިވަނީ “ހުވަދޫ ނިއުސް.ޑޮޓްކޮމް” ގައި ހުވަދޫ ނިއުސްޓީމުން ލިޔެފައިވާ ލިއުމެއް

ފޭދޫ ޞިއްޙީމަރުކަޒުގެ ރެޕިޑް ރެސްޕޮންޑިންގ ޓީމުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ފޭދޫ ޞިއްޙީމަރުކަޒުގެ މަސައްކަތް ކުރާ ރެޕިޑް ރެސްޕޮންޑިންގ ޓީމްގެ ޚިދުމަތް ހުއްޓާލާފަެވަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ގޮތް ގާއިމްވެ އެކަން ކުރުމުގެ އެދެވޭ އުސޫލެއް ނެތުމުގެ ސަބަބުން ކަމަށް އެ މަރުކަޒުގެ މުވައްޒަފުން ބުނެއެވެ.
އައްޑޫ ސިޓީ ފޭދޫއަކީ އެސިޓީގެ އަވަށްތަކުގެ ތެރެއިން މިވަގުތު ކޮވިޑްގެ ޙާލަތު އެއްމެ ގޯސްވެފައިވާ އެއް އަވަށެވެ. ނަމަވެސް އެއަވަށުގެ އާރއާރޓީން ދެމުން ދިޔަ ޚިދުމަތް ތަކުގެ ތެރެއިން ކޮވިޑް ރޭންޑަމް ސާމްޕަލް ނެގުމާއި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ހުއްޓިފައެވެ.

ކޮވިޑްގެ ވެކްސިން ދިނުމާއި، ކޮވިޑް ސާމްޕަލް ނެގުމުގެ މަސައްކަތް މުވައްޒަފުން ކުރަމުންދިޔައީ، އެމުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ނިއްމުމަށްފަހު ނައިޓް ޝިފްޓާއި ހަވީރު ގަޑީގައި ޑިއުޓީ ތަކަށް ދަތި ނުވާނެ ގޮތަށް، ގަޑިތައް ބަހާލައިގެން ރައްޔިތުންނަށް ފަސޭހަ ވާނީ ހަވީރުގެ ގަޑިތައް ކަމަށް ބަލައި އެގަޑިތަކުގައި ކަމަށް ބުނެއެވެ. އަދި މިމަސައްކަތް ކުރަމުންދިޔައީ އެއްމެ ފެމެލީ ހެލްތް ވޯރކަރެއްގެ ބެލުމުގެ ދަށުން، ނަރުހުންނާއި އިދާރީ މުވައްޒަފުންނާއި އަދި ކައުންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ކަމަށްވެއެވެ.
ނަމަވެސް، އެ މަރުކަޒުން ވަނީ ސާމްޕަލް ނެގުމާއި ކޮވިޑްގެ ވެކްސިން ދިނުމުގެ ގަޑިތަކަށް ބަދަލުގެނެސް ހެނދުނުގެ ރަސްމީގަޑިއަށް ހަދައި އެގަޑިތައް ރައްޔިތުންނަށް އެންގުމަށްޓަކައި މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިއެވެ.
މިގެނައި ބަދަލާއި ގުޅިގެން، މުވައްޒަފުން، ތަނުގެ ވެރިންނާއި ބައްދަލުކޮށް, ފަހުން ގެނެސްފައިވާ ބަދަލަކީ، ރަނގަޅު ބަދަލެއް ކަމަށް ނުފެންނަކަމަށާއި، ނައިޓް ޝިފްޓް ހެދުމަށްފަހު ހެނދުނު 10:00 އިން 12:00 އަށް އަނެއްކާ ނާދެވޭނެ ކަމަށާއި އެގަޑި ތަކަކީ، ރައްޔިތުންނަށް ވެސް ސާމްޕަލް ދިނުމަށް އަންނަށް އެހާފަސޭހަގަޑިތަކެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، ޚިދުމަތެއް ދިނުމުގެ ނިޔަތުގައި ކުރާނަމަ ކުރިން އޮތް ގޮތަށް ގަޑިތައް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވެއެވެ.

“ކޮވިޑްގެ މިޙާލަތުގައި،ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި މިފަދައިން ޢަމަލުކުރުމަކީ، އެއްމެ ރަނގަޅު ގޮތްނޫން” ނަން ހާމަ ނުކުރުމަށް އެދި އެތަނުގެ މުވައްޒަފަކު ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައި ވެއެވެ. މި ގެނައި ބަދަލުގެ ސަބަބުން ސާމްޕަލް ނެގުންވަނީ މެނދު ކެނޑިފައެވެ. “މަރުކަޒުގައި މިވަގުތު ނެތް މަސައްކަތް ކުރާނެ ރަނގަޅު މާޙައުލެއް، މަރުކަޒުގެ މަސައްކަތް ހިގަމުންދަނީ، ތިން މީހަކު މޫނިމާ ގަސްދޮށުގައި ކުރެވޭ މަޝްވަރާ ތަކުގެ މައްޗަށް ބިނާކޮށް” ފޭދޫ ޞިއްޙީމަރުކަޒުގެ ގެ މުވައްޒަފަކު ބުނެފައި ވެއެވެ.

ހުވަދޫ ނިއުސް އަށް ލިބުނު މި މައުލޫމާތާއި ގުޅިގެން އެ މަރުކަޒު ގެ މެނޭޖަރ މުހައްމަދު ސަޢިދު އަށް ގުޅާލުމުން ވިދާޅުވީ ފޭދޫ ޞިއްޙީ މަރުކަޒުގެ އެއްވެސް މުވައްޒަފަކާ މެދު ހިތްހަމަނުޖެހޭ ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އަދި މުވައްޒަފުންނާ ދަތި ކުރުމާއި ގެއްލުން ވާނެ ގޮތަކަށް އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މެނޭޖަރ ވިދާޅުވީ ފޭދޫ ޞިއްޙީމަރުކަޒުގެ މުވައްޒަފުން ޢަދަދު ވަރަށް މަދު ކަމަށެވެ. ނަމަވެސް މަރުކަޒު ގައި މިވަގުތު ބަލިމީހުން މަދު ކަމަށް ވާތީ މުވައްޒަފުން ތިބެން ޖެހެނީ ވަރަށް ފަސޭހަކޮށްކަމަށް ފާހަގަ ކުރައްވާ ސަޢީދު ވިދާޅުވީ އިތުރު ގަޑިތަކަށް ހަދަން ހަވީރު ނުކުރުމަށް ވުރެ ރަސްމީ ގަޑީގައި ސާމްޕަލް ހަދަން ނުކުތުން މާ ރަނގަޅު ކަމަށެވެ.

” މިހާރު ނަގަން ޖެހޭނީ ދުވާލަކަށް 20 ސާމްޕަލް. އެކަމަށް އެހާ ވަގުތެއް ނުނަގާނެ. އެހެން ނޫނަސް އެހެން މަރުކަޒު ތަކާ ހޮސްޕިޓަލް ތަކުން ވެސް ރަސްމީ ގަޑީގައި އެގޮތަށް އަމަލު ކުރަނީ. މައްސަލަ އަކަށް ހަދައި ބައިބައި ވާންވީ ކަމެއް ނޫން އެއީ އަނެކަކާ ސްޓާފް ގުރޫޕް ގައި ވެސް މިވާހަކަ ދައްކާ. އެހެންވީމާ މަޝްވަރާ އަށް ވެސް ފުރުސަތު އެބަ ހުޅުވޭ. އެހެން ނޫންތޯ ” މެނޭޖަރ ސަޢީދު ވިދާޅުވީއެވެ.

ސަޢީދު ވިދާޅުވީ އާރްއާރްޓީ ގެ މަސައްކަތަށް މަޑުޖެހުމަށް އައިސްފައި ވީ ނަމަވެސް މިހާރު އެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން ދާ ކަމަށާއި ކޮވިޑް-19 ޓެސްޓް ހެދޭނެ ކްލިނިކެއްވެސް އެ އަވަށުގައި ހުޅުވިފައި ހުންނަ ކަމަށެވެ.
އައްޑޫ ސިޓީ ފޭދޫ ގައި މިވަގުތު 118 މީހުން އެކްޓިވް ކޭސް ތަކެއްގެ ގޮތުގައި ދައްކައެވެ. ނަމަވެސް އައްޑޫ ސިޓީގެ ފޭދޫ އަކީ މޮނިޓަރިން ހާލަތަށް ގެންގޮސް ފައިވާ އަވަށެއް ނޫނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޅުގަޑުވެފައިވާ ވައުދެއް ، ބަލިވެއްޖެ ނަމަ އަޅުގަޑު ހުންނަވާނީ މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތުގައިކަމަށް – އިމާދު ސޯލިހު

އަޅުގަޑުމެންގެ މިގައުމަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ އަޅުގަޑު ގަބޫލްކުރާގޮތުގައި ރަށްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށް އައްޑޫމީދޫ ދާއިރާގެ ...

އައްޑޫސިޓީ މީދޫ: އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމަށް ހަމަޖެހިއްޖެ

އައްޑޫ ސިޓީ މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  ދަށުން ޖިއޯބޭގް ޖެހުމަށް ކުރީން ހަމަޖެހިފައިވާ ސަރަހައްދަށްވުރެ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 31  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...