ދިވެހިންނަށް ވީޒާއާ ނުލައި އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިން ވިސާ ހޯދަން ނުޖެހޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ އިންޑިއާ އަށް ވިސާ ހޯދުމުގައި ދަތިކަން ބޮޑު ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހުން ފެށިގެން ދިވެހިންނަށް ވިޒާއާ ނުލާ އިންޑިއާއަށް ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ބޭސްފަރުވާއަށާއި، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިޒާއާ ނުލާ އެ ޤައުމަށް ދަތުރުކުރެވޭނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން އިންޑިއަށް ދަތުރުކުރުމުގައި މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްފަހު، “ވިސާ ފްރީ ޓްރެވަލް” ނުވަތަ ވިސާއާ ނުލާ އެ ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ޤައުމަކަށްދިން ފުރަތަމަ ފަހަރެވެ. އަދި މި ފުރުޞަތާއެކު ރާއްޖެއާއި އިންޑިއާ ދެމެދު 2018 ވަނަ އަހަރު ވެފައިވާ ބައިލެޓްރަލް ވިސާ ފްރީ އެގްރީމަންޓަށް އަލުން އިޢާދަކުރެވިގެންދާނެކަން އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރައްވައެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިން ވިސާ ހޯދުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެގޮތުން ވިސާ ހޯދުމަށް އިންޑިއާ ހައިކޮމިޝަން ކައިރީގައި ކޮންމެ ދުވަހަކުވެސް ބޮޑު ކިއުއެއް އޮވެއެވެ. އިންޑިއާއިން ހަމަޖައްސައިދިން އިންތިޒާމާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި އިތުރު ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ދިވެހިން ބޭސް ފަރުވާއަށް އެންމެ ގިނައިން ދާ ޤައުމަކީ އިންޑިއާއެވެ.

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވަނީ ބައިލެޓްރަލް ވިސާ ފްރީ އެގްރީމަންޓެއްގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ ދަތުރުތަކަށް 90 ދުވަހުގެ ވިސާ ލިބޭނެއެވެ. އަދި ޓޫރިސްޓް ވިސާގައި ހުއްޓައި ކުއްލި ޞިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާއަށް ބަދަލުކުރުމާއި، ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ހާލަތްތަކުގައި ހާލަތަށް ބަލައި ދެ އެހީތެރިންނާއެކު އެއް އަހަރު ދުވަހަށް ވިސާ ދޫކުރުން ހިމެނެއެވެ. އަދި މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ޖަހައިދިނުމާއި، 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް މަލްޓިޕަލް އެންޓްރީ ވިސާ ދޫކުރުމުގެ އިތުރުން، މަތީ ތައުލީމް އުގެނޭ ދަރިވަރުންގެ ދަރިން 18 އަހަރަށްވުރެ ހަގު ނަމަ، އަނބިންނާއި ފިރިންނާއި މައިންބަފައިންނަށްވެސް ވިސާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެން- ފައިޒް

އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން  އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެންކަމަށް ލޯކަލް ކައުންސިލް ...

ކޯވިޑް-19 : އައްޑޫއާއި ފުވައްމުލަކުގެ 100 މީހަކު ހޯމް ކަރަންޓީނަށް މަދަމާ، 100 ފުރުވާލަނީ

ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 ...

ކަރަންޓީނުގައި ނެތް ދެމީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދޫގައި ކަރަންޓީނުގައި ނެތް ދެމީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން ފައްސިވި ބަލީގެ ...