ޗެމްޕިއަންސް ލީގު : މޯލްޑޯވާގެ ޝެރިފް އާއި ބައްދަލުކޮށް ރެއާލް މެޑްރިޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ތެރެއިން ރެއާލްމެޑްރިޑާއި ޝެރިފް ބައްދަލުކުރިމެޗުން  ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީވެސް ޝެރިފުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަކްޝިބޮއޭއެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމިގެރންދިޔައީވެސް 1 -0 އިން ޝެރިފް ލީޑުގައި  އޮވެގެންނެވެ.  

އެހެންނަމަވެސް ދެވަނަ ހާފްގެ ކުޅުން  ފަށައިގެން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް ޝެރިފުގެ އެޑްމަންޑް އަޑޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް، މެޗުގެ އެންމެ ފަހު  މިނެޓުގައި ( 90 ވަނަ މިނިޓްގައި )  ޝެރިފުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.  

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ތިލްއެވެ. މިއީ ރެއާލްގެ އޭރިޔާގެ ބޭރުން ސެބަސްޓިއަން ތިލް ފޮނުވާލި ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ރޭގެ މި ނަތީޖާއާއި އެކު ގްރޫޕް ޑީގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ޝެރިފްއެވެ.  ރެއާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިގެން މި ގުރޫޕުގެ ދެވަނަ ލިބޭއިރު  މި ގްރޫޕްގައި ހިމެނޭ އިންޓަ އާއި ޝަޚްތާރަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ޕެޓްރިކް ޝިކްގެ ދެ ލަނޑުން ޗެކްރިޕަބްލިކް މޮޅުވެއްޖެ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ފުރަތަމަ  ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފިއެވެ. ޗެކްރިޕަބްލިކް މިމެޗް ކާމިޔާބުކުރީ ސްކޮޓްލެންޑާއި ...

ދިރާގު ޓީވީން ވޯލްޑް ކަޕް ދައްކަން ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވޯލްޑް ކަޕުގެ މެޗުތައް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސް) އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 5 ވަނަމެޗްވެސް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފި

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 5 ވަނަ މެޗްވެސް އައްޑޫސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު މީދޫ ...