ދިރާގު ޓީވީން ވޯލްޑް ކަޕް ދައްކަން ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވޯލްޑް ކަޕުގެ މެޗުތައް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސް) އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ދެކުންފުނިން އެއްބަސްވެފައިވަނީ ދިރާގު ޓީވީ މެދުވެރިކޮށް މެޗުތައް ދެއްކުމަށެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރ އަޙުމަދު މައުމޫނެވެ. އަދި، ޕީއެސްއެމްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވަނީ އެކުންފުނީގެ އަމާޒަކީ ހުރިހާ ދިވެހި ރައްޔިތުންނަށް، އެއްވެސް އަގެއް ނުނަގައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

ހަމައެހެންމެ، ދިރާގަކީ، ޕީއެސްއެމް އިން ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ކުންފުންޏެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުންވެސް، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވެފައިވަނީ ފީފާ ވޯލްޑް ކަޕް ދެއްކުމަށް، ރާއްޖެ ސަރަޙައްދަށް ލައިސަންސް ލިބިފައިވާ ފަރާތަކީ އެކުންފުނިކަމަށެވެ. އަދި، ވޯލްޑް ކަޕް ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސަކީ އެހެން ލައިސަންސެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިކަންކަން، މީޑިޔާތަކުން ރިޕޯޓުކުރުމުގައި އޮޅުވާ ނުލުމަށް އޭނާ އެދިލެއްވިއެވެ.

ޕީއެސްއެމްގެ ޓީވީއެމް އާއި ޔެސް ޓީވީ އިން އެޗްޑީކޮށް ވޯލްޑް ކަޕް ދުރަށް ދައްކާނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ފަހަތުން އަރާ ޕޯޗްގަލްގެ މައްޗަށް ޖަރުމަނު ކާމިޔާބު ހޯދައިފި

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން  ޕޯޗުގަލްއާއި ބައްދަލުކުރިމެޗު ޖާމަނީ ކާމިޔާބުކޮށްފިއެވެ.   ޖާމަން މިމެޗް ކާމިޔާބުކުރީ ޕޯޗްގަލް އިން ލަނޑެއް ...

ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ މޮޅަކާއެކު ފެށުން ރަނގަޅުކޮށްފި

ގަތަރު ވޯލްޑް ކަޕް 2022 ގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ. ...

ގަލަސަތަރާއީގެ ކޯޗާއި ނާއިބް ރައީސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ތުރުކީގެ ގަލަސަތަރާއީގެ ކޯޗް ފާތިފް ތެރިންމާއާއި ނާއިބްރައީސް އަބްދުއްރަހީމް އަލްބާރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެވެ. ހޯމަދުވަހުގެ ވަގުތެއްގައި ...