އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

 އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ހާމަކޮށްފައިވާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ

މީގެ ތެރޭގައި ހިމެނެނީ  16 ދިވެހީންނާއި 7 ބިދޭސީންނެވެ. އެއީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި 3 މީހުންނާއި ޑައިރެކްޓް ކޮންޓެކްވި 4 މީހުންނާއި މަރަދޫއިން ފްލޫ ކްލިނިކަށް ދެއްކި 3 މީހުން އަދި ޑައިރެކްޓް ކޮންޓެކްޓް ވި 3 މީހުން ނެވެ.

މީގެ އިތުރުން މަރަދޫފޭދޫ އިން ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ރެންޑަމް ސާމްޕަލުން ޕޮޒިޓިވް ވި މީހަކާއި ފޭދޫއިން ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި 8 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 1476 މީހުންގެ ތެރެއިން  1227 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް މިހާރު  އުޅެނީ ފޭދޫގައެވެ . އެގޮތުން ފޭދޫގައި  ކޮވިޑްގެ 131 ކޭސް އުޅޭއިރު، ހިތަދޫގައި 73 ކޭސް، މަރަދޫގައި 28 ކޭސް، މަރަދޫފޭދޫގައި 14 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކުނެތެވެ. އެހެންނަމަވެސް ހުޅުދޫއާއި މީދޫ އަދިވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި މީގެ އިތުރަށް ރޭގަޑު 9:00 އިން ފަތިހު 4:00 އަށް މިދެރަށުގައި ވަނީ ކާފިއު ހިންގާފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން އިއްޔެވެސް 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމަށްވުމާއިއެކު އެރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިގެން ދަތުރުތައް ކުރެއްވުމަކީ ކަމާބެހޭފަރާތްތަކުން އަބަދުވެސް އިއުތިމާސްކުރަމުންދާކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

 04 ޑިސެމްބަރ 2020 ވަނަ ދުވަހު    މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

30 އިންސައްތައިން ގައުމުގެ ރައީސަކު ހަމަޖެއްސުން ބުއްދިވެރިއެއް ނޫން: ރޮޒެއިނާ

30 އިންސައްތައިން ރާއްޖޭގެ ވެރިކަމަށް ރައީސަކު ހަމަޖެއްސެވުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ...

އިފުރު އެއަރޕޯޓާއި ރިސޯޓް ވިއްކާލަނީ

ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއިން ތަރައްޤީކޮށްފައިވާ އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްޤީކޮށްފައިވާ އިފުރު ރިސޯޓު 65 މިލިއަން ...