ޗެމްޕިއަންސް ލީގު : މޯލްޑޯވާގެ ޝެރިފް އާއި ބައްދަލުކޮށް ރެއާލް މެޑްރިޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ތެރެއިން ރެއާލްމެޑްރިޑާއި ޝެރިފް ބައްދަލުކުރިމެޗުން  ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީވެސް ޝެރިފުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަކްޝިބޮއޭއެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމިގެރންދިޔައީވެސް 1 -0 އިން ޝެރިފް ލީޑުގައި  އޮވެގެންނެވެ.  

އެހެންނަމަވެސް ދެވަނަ ހާފްގެ ކުޅުން  ފަށައިގެން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް ޝެރިފުގެ އެޑްމަންޑް އަޑޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް، މެޗުގެ އެންމެ ފަހު  މިނެޓުގައި ( 90 ވަނަ މިނިޓްގައި )  ޝެރިފުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.  

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ތިލްއެވެ. މިއީ ރެއާލްގެ އޭރިޔާގެ ބޭރުން ސެބަސްޓިއަން ތިލް ފޮނުވާލި ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ރޭގެ މި ނަތީޖާއާއި އެކު ގްރޫޕް ޑީގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ޝެރިފްއެވެ.  ރެއާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިގެން މި ގުރޫޕުގެ ދެވަނަ ލިބޭއިރު  މި ގްރޫޕްގައި ހިމެނޭ އިންޓަ އާއި ޝަޚްތާރަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : ރޭ ކުޅެވުނު ދެމެޗުންވެސް މީދޫ ދެޓީމް ބަލިވެއްޖެ

ގައުމު ސްޓްރީޓް ކަޕް ގައި ރޭ ކުޅެވުނު މެޗްތަކުން މީދޫގެ ދެޓީމްވެސް ބަލިވެއްޖެވެ. ރޭ 8:30 ގައި ކުޅެވުނު ...

އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ރަންމެޑަލް ކެނެޑާއަށް

މިހާރު ޖަޕާނުގެ ގައި ކުރިއަށް ގެންދާ ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ ގެ ރަންމެޑަލް ...

ސެނެގާލް އަދި ނެދަލެންޑްސް ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް އާއި ސެނެގާލް ...