އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ރޭ 11:10 ހާއިރު 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި އެ މީހާ ދިރިއުޅޭ ގޭގެ ކުރިމަތީގައި މިއަދު ހަވީރުން ފެށިގެން ގިނަ ބަޔަކުވަނީ އޭނާ ހައްޔަރުކުރުމަށް ގޮވައި، މުޒާހަރާކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާކަމަށެވެ.
ނޯޓް: ޚަބަރާއި ގުޅޭ ފޮޓޯ : އައްޑޫލައިވް
ކޮމެންޓްސް (0)