އައްޑޫގެ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީ އެ ރަށްތައް ބަންދު ކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އައްޑޫ ސިޓީ އިން ކޮންމެ ދުވަހަކުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ބަންދު ކުރީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ.

އެގޮތުން ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އެ ސިޓީގައި އަންނަނީ ހިންގަމުންނެވެ. އައްޑޫ ސިޓީ ކައުންސިލުން ރޭ ބުނީ އައްޑޫގައި ބަލީގެ ހާލަތު އޮތް ގޮތުން ކާފިއުގެ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ މޮނީޓަރިންގައި އޮތްއިރު މީގެ ކުރިން ދެ މަސް ދުވަސް ވަންދެން އައްޑޫ މޮނީޓަރިންގައި އޮތެވެ. ދެމަސް ދުވަސް ފަހުން އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތުން ނެގީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާއިރު ފަސް މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދާ ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް މަޖިލީހުގެ ...

އައްޑޫސިޓީންއިއްޔެ ޕޮޒިޓިވް ކޭސްއެއް ނުފެނޭ – 3 މީހުން ބަލިން ރަނގަޅުވި

އައްޑޫސިޓީން އިއްޔެ ކޮވިޑުގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ...

އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ...