ރައީސް ނަޝީދާ ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވެފައިވަނީ “އަވަސް އޮންލައިން”އިން ގެެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ބޮންޑޭ ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދެމި އޮންނަނީ ރައީސް ނަޝީދުގެ ސަބަބުން ކަަމަށާއި، އެމަނިކުފާނު ނެތި، އެމްޑީޕީއެއް ނޯންނާނެ ކަމަށެވެ. 

ބޮންޑޭ ވިދާޅުވި ގޮތުގައި، ދައުރު ނިމޭއިރު ވެސް ރައީސް ނަޝީދު ހުންނެވި ހިސާބަށް ރައީސް ސޯލިހަށް ނާދެވޭނެއެވެ.  އެމްޑީޕީއޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ނަޝީދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ބޮންޑޭގެ ވާހަކައިގައި އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދުގެ ނުފޫޒު ފޮހެލަން މަސައްކަތް ކުރާ މީހުންނަށް ރައްދެއް ދެއްވިއެވެ. އޭނާ ވިދާޅުވީ އެކަން ވާނެކަމުގެ އުއްމީދުގައި ތިބި މީހުން، އެކަމަށް 20 އަހަރުވަންދެން އިންތިޒާރު ކުރިނަަމަވެސް، އެކަމެއް ނުވާނެ ކަމަށެެވެ. 

މަސްދަރު : އަސްރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ ...

ވޮލްކޮޓް ހޯދުމަށް އެވަޓަން އިން މަސައްކަތްކުރަނީ

އާސެނަލް އަށް ކުޅެމުން އަންނަ ތިއޯ ވޮލްކޮޓް ހޯދުމަށް އެވަޓަން އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ...

އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫއާއި މީދޫގެ މަގުބައްތިތައް ނިއްވާލެވުނު

މިރޭ 20:30 ން 21:30 އަށް ފާހަގަކުރެވުނު އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން ހުޅުދޫއާއި ...