އައްޑޫސިޓީންއިއްޔެ ޕޮޒިޓިވް ކޭސްއެއް ނުފެނޭ – 3 މީހުން ބަލިން ރަނގަޅުވި

އައްޑޫސިޓީން އިއްޔެ ކޮވިޑުގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން އިއްޔެ ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު 107 ސާމްޕަލްގެ ތެރެއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައިނުވެއެވެ. އެހެންނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 3 މީހަކު އިއްޔެ  އެބަލިން ފަސޭހަވެފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

 އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫސޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 53 މީހުންނެވެ.

އައްޑޫސިޓީން މިހާތަނަށް ކޮވިޑަށް ޓެސްޓް ކުރުމަށް 36034  މީހުންގެގައިން ސާމްޕަލް ނެގުނު އިރު އޭގެތެރެއިން 2937 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން މިހާތަނަށް 2872 މީހަކު ބަލިން ރަގަޅުވެފައިވާއިރު މިބަލީގައި އައްޑޫސިޓީން ފަރުވާ ހޯދަމުންދިޔަ 12 މީހަކު ވަނީ މަރުވެފައެވެ.

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން މަނާކުރެވިފައިވާއިރު  ރޭގަޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގާފައެވެ.


މީގެ އިތުރުން ޕާޓީތަކާއި, ޙަފްލާތަކާއި, ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން, މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމަށްވެސް ވަނީ އަންގަވާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން އާޚިރަތްދުވަހާއި ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނެ- ހުކުރު ހުޠުބާ

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން އާޚިރަށް ދުވަހުންލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ. ...

އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ކޮވިޑްގެ މައުލޫމާތު ހާމަނުކުރާތާ ދެދުވަސް ވެއްޖެ

އައްޑޫސިޓީގައިގެ ކޮވިޑް 19 ގެ ހާލަތު އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަނުކުރާތާ ދެދުވަސް ވެއްޖެވެ. އައްޑޫސިޓީ އެމަޖެންސީ ...

ކިޔެވުމުން ދުރުވި 200 ކުދިން ވަނީ އަނބުރާ ގެނެވިފައި- އެޑިއުކޭޝަން މިނިސްޓްރީ

އެކި ސަބަބުތަކާ ހުރެ ތައުލީމް އުނގެނުމާއި ދުރުވެފައިވާ 200 ކުދިން އަލުން ތައުލީމީ ނިޒާމްގެ ތެރެއަށް ގެނެވިފައިވާ ކަމަށް ...