އައްޑޫގެ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީ އެ ރަށްތައް ބަންދު ކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އައްޑޫ ސިޓީ އިން ކޮންމެ ދުވަހަކުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ބަންދު ކުރީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ.

އެގޮތުން ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އެ ސިޓީގައި އަންނަނީ ހިންގަމުންނެވެ. އައްޑޫ ސިޓީ ކައުންސިލުން ރޭ ބުނީ އައްޑޫގައި ބަލީގެ ހާލަތު އޮތް ގޮތުން ކާފިއުގެ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ މޮނީޓަރިންގައި އޮތްއިރު މީގެ ކުރިން ދެ މަސް ދުވަސް ވަންދެން އައްޑޫ މޮނީޓަރިންގައި އޮތެވެ. ދެމަސް ދުވަސް ފަހުން އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތުން ނެގީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާއިރު ފަސް މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްބެސަޑަރ ބްރޭންޑްގެ “ވެޖިޓަބަލް ކްރީމް” ރާއްޖޭގައި ނުވިއްކަން އަންގައިފި

އެމްބެސަޑަރ ބްރޭންޑްގެ “ވެޖިޓަބަލް ކްރީމް” ރާއްޖޭގައި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި ...

ގިނަ ހަރަކާތްތަކާއެކު އިސްރަށްވެހިންގެ ދުވަސް އެޗްޑީސީން ކުލަގަދަކޮށް ފާހަގަކުރަނީ

މި އަހަރުގެ ބައިނަލް އަގްވާމީ ދޮށީ އުމުރު ނުވަތަ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓު ...

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 26 ޖޫން 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...