އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް އެ ސިޓީން 3 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އައްޑޫން އަލަށް ޕޮޒިޓިވްވި ތިންމީހުންގެ ތެރެއިން 2 މީހުންނަކީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން ވަކި ތަރުތީބެއްނެތި ނެގުނު ސާމްޕަލްތަކުގެ ތެރެއިންޕޮޒިޓިވް ވެފައިވާ ދެމީހުންނެވެ .ދެން ޕޮޒިޓިވްވިމީހާ ޕޮޒިޓިވް ވެފައިވަނީ ކުރީން ޕޮޒިވްވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކް ވެގެންނެވެ. އަދި މިއަދު ޕޮޒިޓިވްވި 3 މީހުންގެތެރއިން ދެމީހުން ޕޮޒިޓިވްވެފައިވަނީ މަރަދުންނެވެ. މިއަދު ޕޮޒިޓިވްވި އަނެއްމީހާ އަކީ ފޭދުން ޕޮޒިޓިވްވެފައިވާ މީހެކެވެ.

މިހާރު އައްޑޫގައި އެކްޓިވް ކޭސްގެ އަދަދު 145 އަށް އަރާފައިވާއިރު މަރަދޫ އިން ކޮވިޑަށް 85 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ފޭދޫގައި އެކްޓިވް 11 ކޭސް، މަރަދޫފޭދޫގައި 38 ކޭސް އުޅޭއިރި ހިތަދޫގައި 11 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިހާތަނަސް އައްޑޫ ސިޓީން 733 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 586 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ދެމީހަކަށް ފަރުވާދެމުންދާއިރު އައްޑޫއިން މިބަލީގައި ދެމީހަކު ވަނީ މަރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޞާލިޙް، އިންތިޚާބީ ރައީސް ޑރ މުޢިއްޒާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ

އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

އެމްއެސްއެސްގެ ދަތުރުތައް ކުޅުދުއްފުއްޓާއި އައްޑޫ އަށް ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ދަތުރުތައް ކުޅުދުއްފުށި ސިޓީ އަށާއި އައްޑޫ ސިޓީއަށް ފެށުމުގެ ތައްޔާރީތައް ވަމުން ...

ކޮންކްރީޓް އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއް – ނަޝީދު

މުޅި މާލެ ފުރާ ކޮންކްރީޓު އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ...