އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި ހަޔަކުން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް ޓެސްޓްކުރުމަށް ނެގުނު 126 ސާމްޕަލްގެ ތެރެއިން  17 މީހުންގެ ސާމްޕަލް ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.  

މި17 މީހުންގެ ތެރެއިން މަރަދުން 11 މީހުން ޕޮޒިޓިވްވެފައިވާއިރު ފޭދުން 3 މީހުން އަދި ހިތަދުވެސް ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި  ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 3 މީހަކާއި  ވަކި ތަރުތީބެއްނެތި ރަށުތެރެއިންނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 3 މީހުންނެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  71 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  32 މީހުންނެވެ .  ހިތަދޫގައި 29 މީހުން ތިބިއިރު  ފޭދޫގައި ތިބީ 19 މީހުންނެވެ. އަދި ހުޅުދޫގައި ވަނީ އެންމެ މީހެކެވެ.

އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 153 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 814 މީހުންގެ ތެރެއިން 658 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ކަރަންޓީނުގައި ނެތް މީހުންނާއިއެކު  އައްޑޫ ސިޓީން .ކޮވިޑު-19 ޕޮޒިޓިވްވާ ކޭސްތައް އިތުރުމުންދިޔަ ނަމަވެސް  އައްޑޫ ސިޓީ އަދިވެސް މޮނިޓަރިންނަށް ލައިފައެއް ނުވެއެވެ.

ކަރަންޓީނުގައި ނެތް މީހުންވެސް ޕޮޒިޓިވް ވަމުންދާތީ  އައްޑޫސިޓީ މޮނިޓަރިން އަށް ލާފައިނުވުމުގެ ސަބަބުން  ސަން އޮންލައިން އެޗްޕީއޭއާއި ހަވާލާދީ ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައިވަނީ ރަށް ރަށް މޮނިޓަރިންއަށް ލަނީ ރަށުގެ އެކްޓިވް ކޭސްތަކަށް ބަލައިގެން ނޫން ކަމަށެވެ. އެހެންނަމަވެސް ރަށް މޮނިޓަރިންއަށް ލުމުގައި ބަލަނީ “އިންޑިޕެންޑެންޓް” ކޮށް ޕޮޒިޓިވްވާ ކޭސްތަކަށް ކަމަށާއި އަދި އެމީހެއްގެ “މޫވްމަންޓަށް” ބަލާފައި ކަމަށް އެޗްޕީއޭއި ހަވާލާދީ ސަން އޮންލައިނުގައި ބުނެފައިވެއެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިޔަނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ވިސްނުން މިވަގުތު ހުރީ ބައްޔާއި އެކު ކުރިއަށް ދިއުމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ތިން މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ...

މިވާހަކަތައް ދައްކަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭނުގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ 7 ގޮނޑި ބޭނުންވަނީ ރައީސް ...