އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި ހަޔަކުން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް ޓެސްޓްކުރުމަށް ނެގުނު 126 ސާމްޕަލްގެ ތެރެއިން  17 މީހުންގެ ސާމްޕަލް ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.  

މި17 މީހުންގެ ތެރެއިން މަރަދުން 11 މީހުން ޕޮޒިޓިވްވެފައިވާއިރު ފޭދުން 3 މީހުން އަދި ހިތަދުވެސް ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި  ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 3 މީހަކާއި  ވަކި ތަރުތީބެއްނެތި ރަށުތެރެއިންނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 3 މީހުންނެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  71 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  32 މީހުންނެވެ .  ހިތަދޫގައި 29 މީހުން ތިބިއިރު  ފޭދޫގައި ތިބީ 19 މީހުންނެވެ. އަދި ހުޅުދޫގައި ވަނީ އެންމެ މީހެކެވެ.

އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 153 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 814 މީހުންގެ ތެރެއިން 658 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ކަރަންޓީނުގައި ނެތް މީހުންނާއިއެކު  އައްޑޫ ސިޓީން .ކޮވިޑު-19 ޕޮޒިޓިވްވާ ކޭސްތައް އިތުރުމުންދިޔަ ނަމަވެސް  އައްޑޫ ސިޓީ އަދިވެސް މޮނިޓަރިންނަށް ލައިފައެއް ނުވެއެވެ.

ކަރަންޓީނުގައި ނެތް މީހުންވެސް ޕޮޒިޓިވް ވަމުންދާތީ  އައްޑޫސިޓީ މޮނިޓަރިން އަށް ލާފައިނުވުމުގެ ސަބަބުން  ސަން އޮންލައިން އެޗްޕީއޭއާއި ހަވާލާދީ ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައިވަނީ ރަށް ރަށް މޮނިޓަރިންއަށް ލަނީ ރަށުގެ އެކްޓިވް ކޭސްތަކަށް ބަލައިގެން ނޫން ކަމަށެވެ. އެހެންނަމަވެސް ރަށް މޮނިޓަރިންއަށް ލުމުގައި ބަލަނީ “އިންޑިޕެންޑެންޓް” ކޮށް ޕޮޒިޓިވްވާ ކޭސްތަކަށް ކަމަށާއި އަދި އެމީހެއްގެ “މޫވްމަންޓަށް” ބަލާފައި ކަމަށް އެޗްޕީއޭއި ހަވާލާދީ ސަން އޮންލައިނުގައި ބުނެފައިވެއެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިޔަނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ވިސްނުން މިވަގުތު ހުރީ ބައްޔާއި އެކު ކުރިއަށް ދިއުމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުގައި ރޭގަނޑު 20:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ...

ކުޑަކުދީންގެ ދުވަސް ފާހަފަ ކުރުމުގެ ގޮތުން ޑަބްލިއުޑީސީން ސްކޫލްތަކަށް ހަދިޔާ ދީފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައި ގަންނަވަނީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ( ޑަބްލިއުޑީސީ ...

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެން، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު އަތޮޅުގެ ...