advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭނުގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ 7 ގޮނޑި ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 5 އަހަރުތެރޭ އައްޑޫގެ އާބާދީ 60 ހާހަށް ބަދަލުކުރުމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ގޮނޑިތައް ދިނީމަ އައްޑޫ ރައްޔިތުން ބޭނުންކަމެއް ކޮށްދެއްވާނެ ކަމަށެވެ. ރައީސެވެ. ވެރިކަން ދެވިއްޖެއެވެ. 7 ގޮނޑިވެސް ވަނީ ދީފައެވެ. ވެރިކަމަށް 2 އަހަރު ފުރި 3 ވަނަ އަހަރު ގުނަމުންދާއިރު ރައްޔިތުން މިއަދު ކުރާ ސުވާލަކީ ވީކޮންކަމެއް ހެއްޔެވެ؟

މާބޮޑު ހިސާބުތަކެއް ނުޖެހިޔަސް ވީކަންކަން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. ވީކަމަކީ އައްޑޫއިން ހިޖުރަކުރާ މީހުން އިތުރުވުމެވެ. ވީކަމަކީ ވަޒީފާތައް މަދުވުމެވެ. އަތްމަތި ދަތިވުމެވެ.

ޝާހިދުގެ ބްލޮގްގައި މިލިއުމާއެކު އެޓޭޗްކޮށްފައިވާ ޓުވިޓާއެއް

މިވާހަކަތައް ރައްދުދޭ ބަޔަކު ބުނެފާނެއެވެ. ބަނދަރުތަކާއި މަގުތަކުގެ މަސައްކަތްތައް އެދަނީ ކުރިއަށް ނޫންހެއްޔެވެ. ރަނގަޅެވެ. ބަނދަރުތަކާއި މަގުތައް ހެދުމުން އިތުރުވީ ކިތައް ވަޒީފާހެއްޔެވެ؟ ތިޔަ ކަމެއްގައި 2 އަހަރު ނިމިއްޖެއެވެ. އަދިވެސް ނުނިމެއެވެ. “ކޮންކްރީޓް ތަރައްޤީ” އިން  އުފެއްދުންތެރިކަމަށް އައީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ އާއްމު ރައްޔިތު މީހާގެ ޖީބަށް އެޅުނު އެއްޗެއް ގިނަވިހެއްޔެވެ؟ ތިޔަ ބަނދަރުތަކާއި މަގުތަކުގެ ޝޯޓް ޓާމް އަދި ލޯންގް ޓާމް އައުޓްކަމް އަކީ ކޮބައިހެއްޔެވެ؟ އެއްވެސް ޕްލޭނެއް އެބައޮތްހެއްޔެވެ؟ ކުރިއެރުން ވަޒަންކުރާނެ ބެންޗްމާކްތަކެއް ކަނޑައަޅާފަވޭހެއްޔެވެ؟ ފެންނާކަށް ނެތެވެ. އެހެންކަމަށްވާނަމަ، ތިޔައީ ހުސްބުޅީގަ ނުބާނަންވެގެން އަޅާލި އެންކޮޅެކެވެ. އަދި އެކަންވެސް ތިޔަ ކުރައްވަނީ ތިޔަބޭފުޅުން ވަކާލާތު ކުރައްވާ ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކޮޅަށެވެ. ޕީއެސްއައިޕީ ބަޖެޓް ހިންގަމުން ތިޔަ ގެންދަވަނީ މާލޭގައި ހުންނަ އޮފީހަކުންނެވެ. ތިޔަ ހައްދަވާ ބަނދަރުތަކާއި މަގުތަކުން 21 ވަނަ ގަރުނުގެ ސިޓީއެއްގެ ތަރައްޤީއެއް ނުފެނެއެވެ. ފެންނަނީ އެއްވެސް ޕްލޭނެއް ނެތި، ދައުލަތުގެ ފައިސާ ހިތުހުރި ގޮތަކަށް ޚަރަދުކޮށް ބައިއަޅަމުންދާ މަންޒަރެވެ.

މިވާހަކަތައް ދައްކަންޖެހެނީ، ވައުދުތަކެއް ވެފައި އެވައުދުތައް ނުފުއްދާ އަނެއްކާވެސް އިތުރު ވައުދުތަކެއްވާތީއެވެ. އެމްޑީޕީއަކީ ވައުދުވާ އަދި ވައުދު ފުއްދާ ޕާޓީއޭ ކިޔާތީއެވެ.

ޝާހިދުގެ ބްލޮގްގައި މިލިއުމާއެކު އެޓޭޗްކޮށްފައިވާ ޓުވިޓާއެއް

ނޯޓް: މަތީގައި މިވާ ލިއުމަކީ އައްޑޫސިޓީގެ ކުރީގެ ޑިޕިއުޓީމޭޔަރު ހަސަން ޝާހިދު އެބޭފުޅާގެ ބްލޮގްގައި 21 ޖެނުއަރީ 2021 ވަނަ ދުވަހު ލިއުއްވާފައިވާ ލިއުއްވުމެއް

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދު ކުރަން ޖެހުމުން އާއްމުންގެ ކަންބޮޑުވުން އިތުރުވެއްޖެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން އައްޑޫ ސިޓީ ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ ...

ރޯދަމަހާއި ގުޅޭ ދުޢާތައް

ރޯދަމަހަކީ މުސްލިމުންނަށް އަންނަ އެންމެ މަތިވެރި މައްސަރެވެ. އެ މަހަކީ އަޅުކަމުގެ މަހެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ...