އޭސީސީގައި މައްސަލަ އޮތުމުން މަހްލޫފާއި އަކްރަމް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ޝަރުތު ހަމަނުވި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޝަރުތު ހަމަނުވާކަން އަންގައިފިއެވެ.

އެޕާޓީން ރޭ ވަނީ އިންތިޚާބުގައި ކުރިމަތިލާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝާރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައެވެ.

އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމެވި ކެންޑިޑޭޓުންނަށް ރަސްމީކޮށް އެކަން އަންގާފައި ވާކަމަށް އެމްޑީޕީން ބުނެއެވެ.

އެ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފާއި އަކްރަމް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ދެ ބޭފުޅުންގެ މައްސަލައެއް އޭސީސީން ބަލަމުންދާތީ ކަމަށް މިސިޓީގައި ވަނީ އަންގާފައެވެ.

އަކުރަމް ކުރިމަތިލައްވަން ހުށަހެޅުއްވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އެމަގާމަށް ދެން ކުރިމަތިލެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދެވެ.

މަހުލޫފު ކުރިމަތިލަވައްވަން ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. މެދު އުތުރު ޕްރޮވިންސް އަކީ ކ، އއ، އދ، އަދި ވ. އަތޮޅު ތަމްސީލް ކުރައްވާ ގޮނޑިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތަށް އެޕާޓީން ވަނީ ކަނޑައަޅާފައެވެ.

މަހުލޫފާއި އަކްރަމްގެ މައްޗަށް ތުހުމަތުކޮށް އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި މައްސަލަ ތަކެކެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފި

ވަޒީފާއަށް އަލަށް ރާއްޖެ ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ރާއްޖެއަށް އަލަށް ވަޒީފާއަށް ...

ކޯވިޑް-19 : އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ. އެޗްޕީއޭއިން ...

ފަތުރުވެރިކަމުގެ ދާއިރާ: ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފިއެވެ. މެމްބަރުން މިގޮތައް ގޮވާލެއްވީ ޓުއަރިޒަމް ...