އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 22 މީހުންނާއި 20 ދިވެހިންނާއި، އިންޑިޔާ މީހަކާއި ނޭޕާލްގެ 2 މީހެއްކަމަށެވެ. މިއާކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިހާރުމިވަނީ 279 އަށް އިތުރުވެފައެވެ. އަދި ބިދޭސީންގެ ޢަދަދު މިހާރު 556އަށް ވަނީ އަރާފައެވެ. މީގެތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި މިހާރުހުރި ކްލަސްޓާތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އަލަށް ފެނުނު ކްލަސްޓާތައްވެސް ހިމެނޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ރާއްޖެއިން ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދުވަނީ 460 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 64 ދުވަސް ވަނީ ވެފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 29 މީހެކެވެ. މީގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެމީހުންވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި ދިވެހި 2 މީހަކާއި ބަންގްލަދޭޝް ރައްޔިތެއް ވަނީ މަރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު: ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ...

ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މަައުލޫމާތު ލިބުނު ވާހަކަ ނަޝީދުއާއި މާރިޔާއާ ހިއްސާ ކުރިން: އިލްޔާސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ކޮންމިއަސް މީހެއްގެ ފަރާތުން ލިބުމާއި ...