ޠާލިބާނުންގެ ވެރިކަން ބަލައިގަނެގެން ނުވާނެ: އިނގިރޭސިވިލާތް

އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ޠާލިބާން ޖަމާޢަތުގެ ވެރިކަން ބަލައިނުގަންނަން އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޢާންމުކުރެއްވި ވީޑިޔޯއެއްގައި އޭނާ ވިދާޅުވީ ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އދއާއި ނޭޓޯއާ ގުޅިގެން އަފްޣާނިސްތާނާމެދު ގޮތެއް ނިންމުމަށް ބޮރިސްވަނީ ހުޅަނގުގެ ޤައުމުތަކަށް ގޮވާލައްވައިފައެވެ. އަދި އަފްޣާނިސްތާނަކީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހާއްޔަކަށްވުމުގެ ފުރުޞަތު ދީގެންނުވާނެކަމަށްވެސް އޭނާވަނީ ގޮވާލައްވައިފައެވެ.

އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ޠާލިބާނުންގެ ވެރިކަން ބަލައިނުގަންނަން ފާޅުގައި ގޮވާލާފައިވާ ހަމައެކަނި ޤައުމަކީ އިނގިރޭސިވިލާތެވެ. އޭގެ އިތުރުން ރަޝިޔާއިން ބުނެފައިވަނީ ޠާލިބާނުންގެ ވެރިކަން އަދި ބަލައިނުގަންނަކަމަށެވެ. އިނގިރޭސިވިލާތާއި ރަޝިޔާއަކީ މާޒީގައި އަފްޣާނިސްތާނަށް ޙަމަލާދިނުމަށްފަހު އެ ޤައުމު އަޅުވެތިކޮށްފައިވާ ދެ ޤައުމެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް މުޅި އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީވަނީ ޤައުމު ދޫކުރައްވައި އަވަށްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައެވެ. އަދި ޠާލިބާނުންވަނީ އެ ޤައުމުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިޔާގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޑުއުފުލުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި ...

ކޮވިޑް 19-ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިމަޑުކަމުގެ އައު ރާޅެއް

އިންޑިޔާއިން އެންމެ ފެނުނު ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ފާއިތުވި ހަފުތާގެ ތެރޭގައި އޭޝިޔާގެ ސަރަޙައްދުތަކުގައި ...

ހުޅަނގު އައްސޭރީގައި 1،000 ހައުސިން ޔުނިޓް އަޅަން އިޒްރޭލް ސަރުކާރުން ނިންމައިފި

އިޒްރޭލްގެ ޔަހޫދީން ފަލަސްތީނުގައި ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށްޓަކައި އިތުރު ގެތައް އެޅުމަށް އިޒްރޭލްގެ ސަރުކާރުން ނިންމައިފިއެވެ. ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ...