އޭސީސީގައި މައްސަލަ އޮތުމުން މަހްލޫފާއި އަކްރަމް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ޝަރުތު ހަމަނުވި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޝަރުތު ހަމަނުވާކަން އަންގައިފިއެވެ.

އެޕާޓީން ރޭ ވަނީ އިންތިޚާބުގައި ކުރިމަތިލާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝާރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައެވެ.

އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމެވި ކެންޑިޑޭޓުންނަށް ރަސްމީކޮށް އެކަން އަންގާފައި ވާކަމަށް އެމްޑީޕީން ބުނެއެވެ.

އެ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފާއި އަކްރަމް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ދެ ބޭފުޅުންގެ މައްސަލައެއް އޭސީސީން ބަލަމުންދާތީ ކަމަށް މިސިޓީގައި ވަނީ އަންގާފައެވެ.

އަކުރަމް ކުރިމަތިލައްވަން ހުށަހެޅުއްވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އެމަގާމަށް ދެން ކުރިމަތިލެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދެވެ.

މަހުލޫފު ކުރިމަތިލަވައްވަން ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. މެދު އުތުރު ޕްރޮވިންސް އަކީ ކ، އއ، އދ، އަދި ވ. އަތޮޅު ތަމްސީލް ކުރައްވާ ގޮނޑިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތަށް އެޕާޓީން ވަނީ ކަނޑައަޅާފައެވެ.

މަހުލޫފާއި އަކްރަމްގެ މައްޗަށް ތުހުމަތުކޮށް އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި މައްސަލަ ތަކެކެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީޑިއާނެޓްގެ ޗެނަލްތައް އުރީދޫގެ ކަސްޓަމުންނަށް ފޯނުން ބެލޭނެ ގޮތް ހަދައިފި

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އުރީދޫގެ ކަސްޓަމަރުންނަށް  މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ...

ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ. ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ...

މިވަގުތުގެ އެންމެބޮޑު އަމާޒަކީ ރައީސް ނަޝީދަށް ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން – ރައީސް

މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން ...