ވެކްސިން ނުޖަހާ ނަމަ ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މުވައްޒަފުން ކޮންމެ 14 ދުވަހަކުން ޕީސީއަރު ޓެސްޓު ކުރަން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން 12 އޯގަސްޓް 2021 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވާ ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

“އަދި ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައި ނުވާ މުވައްޒަފުން 1 ސެޕްޓެމްބަރު 2021ވަނަ ދުވަހުން ފެށިގެން ވަޒީފާ އަށް ނިކުންނަން ވާނީ ޕީސީއާރް ޓެސްޓު ހަދައިގެން ކަމަށާއި، މިގޮތުން ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓު ހަދައިގެން ވަޒީފާ އަށް ނިކުތުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވައިފައެވެ،” ސާކިއުލާގައިވެއެވެ.

ސީއެސްސީ އިން ވަނީ ހުރިހާ މުވައްޒަފުން އެގޮތަށް އަމަލު ކުރޭތޯ ބެލުމަށް އިދާރާތަކަށް އަންގައިފައެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތި ކުރުމުގެ ގޮތުން އުސޫލެއް އާއްމުކޮށް ނެރެފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ެކްސިނަށް ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަންގާ ކަމަށެވެ.

އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ވަކިގޮތެއް އަންގަންދެން، ފަސް ކަމަކަށް އަމަލު ކުރެވޭނެ ކަމަށްވެސް އެޗްޕީއޭ އިން ހާމަކޮށްފައެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް

  • ހޮޓާ އަދި ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
  • ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
  • ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
  • ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ) ވަކި ކަންކަމެއް ޝަރުތުކުރުން
  • އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން

އެޗްޕީއޭ އިން ބުނީ އެކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރުމަށް އެފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް އައްޑޫ ސިޓީ ގަމަށް ފަށައިފި

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ފަށައިފިއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ...

ބިން ހިއްކުން ފައްޓަވާ ދެއްވުމަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށް ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އައްޑޫ ...

ހުޅުމީދޫގައި ބާއްވާ އުރަމަތީގެ ކެންސަރ އެވެއަރނެސް (ޕިންކް ރިބަން) ދުވުން – ހިގުން މާދަމާ

ބައިނަލްއަގުވާމީ ބްރެސްޓް ކެންސަރ އެވެއަރނެސް މަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޕިންކް-ރިބަން ދުވުން – ހިނގުން  މޫސުން ...