ބިން ހިއްކުން ފައްޓަވާ ދެއްވުމަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށް ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށްފަހު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 3 ވަނަ ދުވަހު މަރަދޫ ބިން ހިއްކާ ސަރަހައްދު (ބޯޅަ ދަނޑު ސަރައްހަދު) ގައެވެ.

އެއަށްފަހު ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނާވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ސާލިހު އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 4 ވަނަ ދުވަހު އެސިޓީގެ ހިތަދޫގެ ސިޓީ ސްކުއަރގައެވެ.

ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީ މަރުހަބާ ދެއްނެވުމަށާއި ބިންހިންކުން ފައްޓަވާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނާ ބައްދަލު ކުރުމަށް ބާއްވާ ހަފްލާއަށް އައްޑޫ ސިޓީގެ އެމްޑީޕީން ވަނީ އާންމު ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަނިންމޭޓް، އައްޑޫ އަސްލަމަށް ޝާހިދުގެ ތައުރީފް; އަސްލަމަކީ އިޚުލާސްތެރިއެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް ހަމަޖެއްސެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ...

ސަރުކާރުން ނަގާ ބޮޑެތި ލޯނު އަދި ދަރަނި ދެއްކުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރި : މުނައްވަރު

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރުގެ އެހީއާއެކު ލޯނުތައް ނަގަމުންދަނީ އެލޯނުތައް ދެއްކޭނެ ގޮތް ދިރާސާކުރައްވާ އެހިސާބުތައް ޖެއްސެވުމަށްފަހުގައި ...

ރައީސްގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

އީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެނގިފައިވާ ގޮތުގައި މަބްރޫކްގެ އިސްތިޢުފާގެ ސިޓީވަނީ ރައީސުލްޖުމްހޫރިއްޔާ ...