އައްޑޫ ސިޓީން މިއަދުވެސް 6 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ.

އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން މިރޭ ހާމަކޮށްފައިވާގިތުގައި އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު ހަ ކޭސްގެ ތެރެއިން ދެ ކޭސް ފެނިފައިވަނީ ހިތަދޫންނެވެ.  ދެ ކޭސް މަރަދުން ފެނިފައިވާއިރު  ދެ ކޭސް މަރަދޫފޭދޫން ވެސް ފެނިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހަތަރު ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކްލިނިކަށް ދެއްކި މީހެއްގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި ކޮވިޑް 19 ގެ  41 ކޭސް އުޅޭއިރު، ހިތަދޫގައި ދެ ކޭސް، ފޭދޫގައި އެކްޓިވް ހަ ކޭސް، އަދިމަރަދޫފޭދޫގައި ތިން ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. އައްޑޫސިޓީން މިއަދު 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އިއްޔެވެސް އައްޑޫސިޓީގެ ގުޅިފައވާ ރަށްތަކުން 11 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އިސް ގާޒީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

ޔޫރޯ 2020: ގްރޫޕް އޭ- ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ...

ފެނަކައަކީ އެސްޓީއޯގެ ކުރިމަގަށް މުހިންމު އިންވެސްޓުމަންޓެއް: އެސްޓީއޯ

ފެނަކަ ކުންފުނި، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަކީ، އެކުންފުނީގެ ކުރިމަގަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު ...