ޔޫރޯ 2020: ގްރޫޕް އޭ- ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް

ގްރޫޕް އޭ- ތިންވަނަ ޓީމުގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރުގެ އުންމީދުގައި
advertisement

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އިޓަލީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިނޓާއި ފައިދާ 7 ލަނޑާއެކުއެވެ. ދެވަނަ ބުރުން އިޓަލީ ޖާގަ ހޯދިއިރު އެ ގައުމުން އެންމެފަހުން ކުޅުނު 26 މެޗުން ބަލިވެފައެއް ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. .

ވޭލްސް އިން މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ލިބުނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން 4 ޕޮއިންޓު ހޯދާ ފައިދާ އެއް ގޯލާއި އެކުއެވެ. މި ގުރޫޕުގެ ތިންވަނަ ލިބޭ ސްވިޓްޒަލެންޑަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު ދެވަނަ ބުރުގެ ޖާގަ އެ ގައުމަށް ގެއްލެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މި ގުރޫޕުގެ ފަހު މެޗުތައް އާދިއްތަ ދުވަހުގެރޭ ކުޅުނު އިރު އިޓަލީ ބައްދަލުކުރީ ވޭލްސްއާއެވެ. މިމެޗް އިޓަލީ ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

އިޓަލީން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. ހިލޭޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި މާކޯ ވެރާޓީގެ އެހީތެރިކަމާއެކު މިލަނޑު އިޓަލީއަށް ކާމިޔާބު ކޮށްދިނީ މަޓިއޯ ޕެސީނާ އެވެ.

ރޭ ގްރޫޕް އޭގައި ތުރުކީއާއި ސްވިޒަލޭންޑުން ބައްދަލުކުރިމެޗް ކާމިޔާބުކޮށްފައިވަނީ ސްވިޒާލެނޑެވެ. މިމެޗް ސްވިޒާލެންޑް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

 މިމެޗުން ސްވިސް މޮޅުވުމުން ވޭލްސްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގްރޫޕްގެ 3 ވަނަ ލިބުމުން އަދި ސްވިސް ޓީމަށް ދެވަނަ ބުރުގެ އުންމީދެއް އެބައޮތެވެ. އެއީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު ހުރިހާ ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ 4 ޓީމަކަށް ދެވަނަ ބުރުގެ ޖާގަ ލިބޭތީއެވެ. ސްވިޒަލޭންޑަށް މި ގުރޫޕުގެ ތިންވަނަ ލިބެނީ ކުޅުނު 3 މެޗުން ހަތަރު ޕޮއިންޓާއި އެކުއެވެ. .

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޟްހާއީދުގެ ކުޅިވަރު: އެކުވެރިކަމުގެ ބަށިމެޗް ކާމިޔާބުކުރީ ގޮމަޓީމް

އަޟްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫގައި އެކުވެރިކަމުގެ ބަށިމެޗެއް ކުޅެފިއެވެ. މިއަދު ހަވީރު ހުޅުދޫ ޒުވާނުންގެ ...

އައްޑޫ އީދު ފެސްޓިވަލް 2022 : މީދޫގައި ހަވާއެރުވުން މިރޭ ބާއްވައިފި

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން  މީދޫގައި ބޭއްވުމަށް ހަމަޖެއްސި  ހަވާ އެރުވުމުގެ ކުޅިވަރު މިރޭ 8:45 ...

ކޮވިޑް ބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ރާޢްޖެއިން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މީ މި ބަލީގައި ރާޢްޖެއިން ކުޑަކުއްޖަކު ނިޔާވި ފުރތަމަ ...