މިހާލަތުގައި ނާސްތާ ޕްރޮގުރާމް ރައްކާތެރިއެއް ނޫން: މިނިސްޓަރު

ނާސްތާ ޕްރޮގްރާމު މި ހާލަތުގައި ކުރިއަށްނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިގޮތައް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، މި ހާލަތުގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ އާއިޝަތު ވިދާޅުވީ ނާސްތާ ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބޭރުން ގެންނަ ކާއެއްޗެތި ދަރިވަރުންނަށް ކާން ދޭން ރައްކާތެރި ނުވާނެތީ ކަމުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމް ހުއްޓާލީ ނޫން ކަމަށާއި، މެދުކަނޑާލީ ކަމަށާއި ކޮވިޑުގެ ހާލަތުން ސަލާމަތް ވެވުނުހާ އަވަހަކަށް މި ޕްރޮގްރާމް އަލުން ފަށާނެ ކަމަށެވެ.

ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކާފިއު ހިންގަނީ

މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ. ތަފްސީލް ...

ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފި

ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފިއެވެ. ފީފާ ވަރލްޑްކަޕް ޓްރޮފީ ޓުއަރގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ޓްރޮފީއާއެކު ޓުއަރއަށް ...

އައްޑޫސިޓީ މީދޫ: އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމަށް ހަމަޖެހިއްޖެ

އައްޑޫ ސިޓީ މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  ދަށުން ޖިއޯބޭގް ޖެހުމަށް ކުރީން ހަމަޖެހިފައިވާ ސަރަހައްދަށްވުރެ ...