އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 16 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި16 މީހުންނަކީވެސް ދިވެހީންނެވެ.
މިއަދު ހިތަދުން ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން 10 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަނެއް ހަމީހުންނަކީ ރެންޑަމް ސާމްޕަލް އާއި ފްލޫ ކްލިނަކަށް ދެއްކި 6 މީހުންނެވެ..
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާގޮތުގައި ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 199 ސާމްޕަލެވެ.
މިހާތަނަށް އައްޑޫސިޓީން 419 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް ވަނީ 112 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ
އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ އެންމެ މީހެކެވެ. މިމީހާއެކު އައްޑޫއިން ކޮވިޑް ޖެހުނު 305 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.
އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 8317 ސާމްޕަލް ވަނީ ނަގާފައެވެ.
އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު މަރަދޫއިން 2 މީހުން، ހިތަދޫއިން 110 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.
އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ދެ މީހަކަށެވެ.
ކޮމެންޓްސް (0)