ކޮވިޑް 19- މިއަދު ހިތަދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 16 މީހުން

advertisement

އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 16 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި16 މީހުންނަކީވެސް ދިވެހީންނެވެ.

މިއަދު ހިތަދުން ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން 10 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަނެއް ހަމީހުންނަކީ ރެންޑަމް ސާމްޕަލް އާއި ފްލޫ ކްލިނަކަށް ދެއްކި 6 މީހުންނެވެ..

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި  ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 199 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 419 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 112 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ އެންމެ މީހެކެވެ. މިމީހާއެކު އައްޑޫއިން ކޮވިޑް ޖެހުނު 305 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 8317 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު މަރަދޫއިން 2 މީހުން، ހިތަދޫއިން 110 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ދެ މީހަކަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެ

މިއަހަރުގެ ޓީޗަރުންގެ ދުވަސް ހުޅުދޫ ސްކޫލްގައި ފާހަގަކުރުމަށް ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި ހުޅުދޫ ސްކޫލުން ކުރިއަށް ގެންދިޔަ ...

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް ...

މާލެން އަތޮޅުތަކަށް ދަތުރުކުރާ ބޯޓްފަހަރުން ކޮވިޑަށް މީހުން ޕޮޒިޓިވްވުން ގިނަވާން ފަށައިފި

މާލެން އަތޮޅުތަކަށް ދަތުރުކުރާ ބޯޓްފަހަރުގައި މަސައްކަތްކުރާ މީހުންނާއި އެބޯޓްތަކުގެ މީހުން ކޮވިޑަށް ޕޮޒިޓިވްވުން ގިނަވާން ފަށައިފިއެވެ. މިގޮތުން ހއ. ...