ޔޫރޯ 2020 : ފަހަތުން އަރާ ޕޯޗްގަލްގެ މައްޗަށް ޖަރުމަނު ކާމިޔާބު ހޯދައިފި

advertisement

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން  ޕޯޗުގަލްއާއި ބައްދަލުކުރިމެޗު ޖާމަނީ ކާމިޔާބުކޮށްފިއެވެ.   ޖާމަން މިމެޗް ކާމިޔާބުކުރީ ޕޯޗްގަލް އިން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ފަހަތުންއަރައި 4-2 އިންނެވެ.  

ޖަރުމަނުގެ އެލިއެންޒް އެރީނާގައި ހޮނހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ޕޯޗުގަލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ހޮނިހިރު ދުވަހުގެރޭގެ މިމެޗު ފަށައިގެން 6 ވަނަ މިނިޓްގައި  ރޮބިން ގޮސެން  ޖަރުމަނަށް ލަނޑެއް ޖަހައި ދިނެވެ.  އެހެންނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ވަނީ އެއީ  އޮފްސައިޑް ލަނޑެއްކަމަށް  ނިންމާފައެވެ.

ޖަރުމަނުގެ ކުޅުންތެރީން ޕޯޗްގަލްގެ ހާފްތެރޭގައި ކުޅެ ޕޯޗްގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވަމުން ދަނިކޮށް  ކައުންޓަރ އެޓޭކުގައި ޕޯޗްގަލްއަށް ލިބުނު ފުރުސަތެއްގެ ބޭނުންކޮށް މިމެޗްގައި ފުރަތަމަ ލަނޑު ޖަހާމެޗްގެ ލީޑު ހޯދީ ޕޯޗްގަލްއިންނެވެ. މިލަޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

 އެހެންނަމަވެސް ތަފާތު މޮޅު ކުޅުމެއް މިރޭގެ މެޗުގައި ކުޅެމުންދިޔަ ޖަރުމަންޓީމުން މެޗްގެ 34 ވަނަ މިނިޓްގައި ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ.  މިލަނޑަކީ ރޮބިން ގޮސެން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިލަނޑަށް ފަހުވެސް ޖަރުމަނުގެ ކުޅުންތެރީން ދިޔައީ ކައިރި ކައިރީ ޕޯޗްގަލްގެ ގޯލަށް ހަމާލަތައް ފޮނުވާލަމުންނެވެ.

 މިމެޗްގައި ޖަރުމަނުޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ޕޯޗްގަލްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ އޭރިޔާގެ ތެރެއަށްމުލާ ފޮނުވާލި ބާރު ބޯޅައެއް ޕޯޗުގަލްގެ ޑިފެންޑަރު ގުރޭރޯގެ ފައިގައިޖެހި ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއަކުން ޖާމަނީ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފު ކުޅުން ފަށައިގެން 6 ވަނަ މިނިޓްގައި ޖަރުމަނުޓީމުން މިމެޗްގައި ކާމިޔާބުކުރި 3 ވަނަ ލަނޑު އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަވާޓްޒްއެވެ.

 އަދި އޭގެ 8 ފަހުން  ޖަރުމަނުން އެޓީމުގެ 4 ވަނަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓުގައި ކިމިޗް ނަގައިދިން ރީތި ހުރަހަކުން ގޮސެންސްއެވެ.

މިމެޗްގައި ޕޯޗްގަލްއިން ކާމިޔާބުކުރި 2 ވަނަ ލަނޑު މެޗްގެ 66 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. ޖޮޓާ ގެ މިލަނޑަކީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންކޮށްގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.  މިމެޗު ނިމުނީ، 4-2 ގެ ނަތީޖާއަކުން ޖަރުމަނު މެޗް ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާއާއެކު ޖަރުމަނު އޮތީ ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެފްއެސްއެމްއިން ލިޔެކިޔުންތައް ނައްތާލީ ހަދާފައި ހުރި ގޯސް ފޮރުވަން: އިލްޔާސް

ވެރިކަން ބަދަލުވުމުގެ މަސައްކަތްތައް ކުރިއަށްދަނިކޮށް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިއުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް ...

ގަމުގައި ޕައިލެޓް ކޯސް ފުރިހަމަނުކުރެވޭ ދަރިވަރުންނަށް ރާއްޖެން ބޭރުގައި ކިޔެވުމުގެ ފުރުސަތުދެނީ

ރާއްޖެއިން ޕައިލެޓްކަން ކިޔެވުމަށް ލޯނު ދޫކޮށްފައިވާ ކުދީންނަށް  ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީންނިންމައިފިއެވެ. ހަޔަރ ...

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ...