ޖަރުމަނުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފްރާންސް އަތުން ޖަރުމަން ބަލިވެއްޖެ

advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 ގެ  މަރުގެ ގުރޫޕްގެ ގޮތުގައި މަޝްހޫރު ވެފައިވާ ގުރޫޕް އެފްގައި ޖަރުމަން އާއި ފްރާންސް ބައްދަލުކޮށް ކުޅުނު މެޗްގައި  ޖަރުމެންގެ މެޓްސް ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑުން ފްރާންސް 1-0 އިން މޮޅު ވެއްޖެ އެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 20 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ލިބުނީ ފްރާންސްގެ ލޫކަސް ހެނާންޑޭޒް ޖަރުމަނުގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ދިފާއުކުރަން ޖަރުމަނުގެ މެޓްސް ހަމެލްސް އުޅުމުގެ ތެރޭގައި އޭނަ ފޮނުވާލި ބޯޅަ  ބައިކޮޅަށް ވަދެގެން ފްރާންސަށް ކާމިޔާބުކުރެވުނު ލަނޑުންނެވެ.

ބައިކޮޅަށް ވަން  މި ލަނޑާއެކު ޖަރުމަނުން އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅު ކުރިއެވެ. މިއާއިއެކު ޖަރުމަނުގެ ފޯވާޑް މުލާއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ. އޭނާ ބޮލުން ފޮނުވާލި މިބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އަދި މީގެ އިތުރަށް ޖަރުމަނުގެ އިލްކާއި ގުންޑޮގާނަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.  އޭނާ ފްރާންސްގެ ޕެނަލްޓީ އޭރިއާގެ ތެރޭގައިހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ޖަރުމަނުން ބައިކޮޅަށް ޖެހި ލަނޑާއެކު 1 -0 ގެ  ލީޑުން ފްރާންސް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ޖަރުމަނުން ފެނުނީ ފްރާންސަށްވުރެ ބޮޑަށް އެޓޭކަށް ޖެހިގެން ކުޅުނު ތަނެވެ. މެދުތެރެއިން ޖަރުމަނުގެ ކުޅުން ވަރުގަދައަށް ފެނުނު ނަމަވެސް އެޓީމަށް ހަމަލާ އުފެއްދުނީ މަދުންނެވެ. އަދި މެދުތެރެއިން ގެއްލޭ ކޮންމެ ބޯޅައެއްގައި ފްރާންސްގެ ކުޅުންތެރީން ޖަރިމަނުގެ ގޯލަށް ނުރައްކާ ކުރިއެވެ. ޚާއްސަކޮށް އެމްބާޕޭގެ ބާރު ދުވެލީގައި ޖަރުމަނުގެ ޑިފެންސަށް ބާރުބޮޑުކުރަމުން ގޮސްފައިވެއެވެ.

މިގޮތުން މިމެޗްގެ ދެވަނަ ހާފްގެ 66 ވަނަ މިނެޓްގައި ފްރާންސަށް ދެ ވަނަ ލަނޑެއް ޖެހުނު ކަމަށް ހީކުރެވުނެވެ. ކައުންޓަ އެޓޭކް ފުރުސަތުގައި އެމްބާޕޭ ފޮނުވާލި ބޯޅަ ގޯލް ދަނޑިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނެވެ. ނަމަވެސް ލައިސްމަން ނިންމީ އޮފްސައިޑް ކަމަށެވެ.

އަދި މެޗުގެ 86 ވަނަ މިނެޓްގައި ކަރީމް ބެންޒެމާވެސް ލަނޑެއް ޖަހާ އުފާފަޅު ކުރި އެވެ. އަދި ރެފްރީވެސް ފުރަތަމަ ނިންމީ އެއީ ލަނޑެއް ކަމަށެވެ. އެހެންނަމަވެސް އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމީ ޖަރުމަނު ކުޅުންތެރީން މައްސަލަ ޖައްސައިގެން ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު އެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު ބަންދު ހަފްތާގައި ފެނަކައިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކުރިއަށް މިއޮތް ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެއްކަމަށް ކަނޑައެޅުމުން ފެނަކަ ހުޅުމީދޫ ބުރާންޗުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. ...

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ނިޔާވެއްޖެ

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. ޑިއުޓީގައި ހުއްޓާ ނިޔާވީ މާފުށްޓަށް އުފަން އެރަށު ...

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކޮށްފި

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް މީގެ ކުރީން ސިޓީ ކައުންސިލުން ނިންމާފައިވާ ...