މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ނިޔާވެއްޖެ

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

ޑިއުޓީގައި ހުއްޓާ ނިޔާވީ މާފުށްޓަށް އުފަން އެރަށު ފުންގިރި، އުމުރުން 32 އަހަރުގެ އާދަމް ނައުޝާދު އެވެ. 

މިކަމާއި ގުޅިގެން ކަރެކްޝަން އިން ބުނީ، މާފުށި ޖަލުގައި ޑިއުޓީ ކުރަމުން ދަނިކޮށް ރޭ ނިޔާވި ޕްރިޒަން ޕްރައިވެޓް މަރުހޫމް އާދަމް ނައުޝާދު ހިދުމަތާ ގުޅިފައިވަނީ، 2014 ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި ނައުޝާދު ވަނީ މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި ނުހަނު އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދެއްވާފައިވާ ފަރާތެއް ކަމަށް ކަރެކްޝަނުން ބުންޏެވެ. 

އަށް އަހަރާއި ހަތް މަހާއި 26 ދުވަހުގެ ހިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސާވިސްއަށް ލިބުނު ފުން ހިތާމައެއް. ދުއާއަކީ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން. އަދި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން!.“

ކަރެކްޝަނުން ކުރި ޓުވީޓެއްގައި ބުންޏެވެ.

ރޭގެ ވަގުތެއްގައި ނައުޝާދު ނިޔާވެފައި ވާއިރު، އޭނާ ނިޔާވީ ސަބަބާއި ގުޅޭ ގޮތުން ކަރެކްޝަނުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައި ނުވެ އެވެ. 

ނައުޝާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން މިއަދުގެ ހުކުރު ނަމާދަށްފަހު މާފުށީ، ކަތީބު ހުސައިން މަނިކު މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިދިކޮޅު މެންބަރުން ފަނޑިޔާރުންގެ ވާހަކަދައްކާކަށް މާކަ ރީއްޗެއްނޫން: ރޮޒޭ

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން، ފަނޑިޔާރުންގެ ވާހަކަދައްކަވާކަށް ”މާކަ ރީއްޗެއްނޫން“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ...

ކޮވިޑް-19: ރާއްޖެ އިން އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަގްލާދޭޝްގެ 18 ...

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...