ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފި

advertisement

އައްޑޫ ސިޓީ ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ

އެޗްޕީއޭ އިން ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މީދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މޮނީޓަރިން ހާލަތަށް ގެނައުމުން ހުޅުމީދޫ އަށް އަރާ ފޭބުން މިހާރު ވަނީ މަނާވެފައެވެ.

މީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އައްޑުއަތޮޅާއި މާލެ ދަތުރުކުރާ ހުޅުދޫ “ނިއުލައިން” ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެކެވެ. އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒަށް ދެއްކުމުން ނެގި ސާމްޕަލް އަކުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ހުޅުމީދޫ ސިއްހީމަރުކަޒުގައި އެޑްމިޑްކޮށްގެންވެސް ފަރުވާދީފައިވެއެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވްވި ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީދޫ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވެއެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށުގައި ކާފިއު ހިންގައި ހާއްސަ ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެ ފިޔަވަޅުތައް އުވާލީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިން ހާލަތުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑްގެ 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބައުޅެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައޫދީން ހަދިޔާކުރި ކަދުރު މީދޫގައި ބަހަން ފަށައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މީދޫ ...

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ. އުމުރުން 32 އަހަރުގެ ވިލިއަމް  އާސެނަލަށް ...

ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...