ސައޫދީން ހަދިޔާކުރި ކަދުރު މީދޫގައި ބަހަން ފަށައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މީދޫ ރައްޔިތުންނަށް ބަހަން ލިބުނު ކަދުރު ބަހަން ފަށާފައިވާ ކަމަށް މީދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.

މީދޫ ކައުންސިލް އިދާރާއިން ބުނިގޮތުގައި މި ފަހަރު ކަދުރު ބަހާނީ މިދިޔަ އަހަރު ރަޖިސްޓަރީ ވެފައިވާ ފަގީރުންގެ ލިސްޓްގައިވާ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދޭގޮތައްކަމަށެވެ. ފަގީރުންނަށް ބެހުމަށް ފަހު ދެން ބާކީހުރި ކަދުރު ބަހާނީ ކަދުރު ބަލައި މީހުން ދާ ތަރުތީބުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުއަށް ބަހަން ލިބިފައިވަނީ 190 ޕެކެޓެވެ.

ފަގީރުންގެ ގޮތުގައި، މީދޫގައި މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައިވަނީ 150މީހުންނެވެ.

ކައުންސިލު އިދާރާއިން މީދޫގައި ކަދުރު ބަހަން މިފަހަރު ހަވާލްކޮށްފައިވަނީ ކޮވިޑާއި ގުޅިގެން އުފައްދާފައިވާ ކޮމިޓީ އެސްއެސްޑީ އާއެވެ. އެސްއެސްޑީ ގްރޫޕްގެ މެމްބަރުން ކަދުރު ބަހަމުންދާނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ގޭގެއަށް ގޮސް އެގެއާއި ކަދުރު ޕެކެޓް ހަވާލްކުރާ އުސޫލުންނެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެނިޝް ލަލީގާ- އެތުލެޓިކޯ އަތުން 3 ލަނޑު 1 ލަނޑުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ...

މީދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ސަބްރީ  ކާމިޔާބު ކުރައްވައިފި

މީދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ސަބްރީ ކާމިޔާބު ކުރައްވައިފި އެވެ. އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ...

މާފުށީގައި ތުރުކީ ރައްޔިތެއް ގެނބިގެން މަރުވެއްޖެ

މާފުށީގައި ތުރުކީވިލާތުގެ ރައްޔިތަކު ގެނބިގެން މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނީ މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ...